ރާއްޖޭގެ ޚަބަރު މުޒާހަރާގައި ޑިމާންޑް ކުރި ކަންތައް ރައީސް އަޑުއެއްސެވިއަ ނުދޭނެކަމަށް ރީކޯ މޫސާ ވިދާޅުވެއްޖެ

މުޒާހަރާގައި ޑިމާންޑް ކުރި ކަންތައް ރައީސް އަޑުއެއްސެވިއަ ނުދޭނެކަމަށް ރީކޯ މޫސާ ވިދާޅުވެއްޖެ

މުޒާހަރާގައި ޑިމާންޑް ކުރި ކަންތައް ރައީސް އަޑުއެއްސެވިއަ ނުދޭނެކަމަށް ރީކޯ މޫސާ ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހޮނިހިރު ދުވަހު ރޭ އެމްޑީޕީ ހަރުގޭގައި އޮތް އެ ޕާޓީގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރީކޯ މޫސާ ވިދާޅުވީ، މުޒާހަރާގައި ޑިމާންޑް ކުރި ކަންތައް ރައީސް އަޑުއެއްސެވިއަ ނުދޭނެ ކަމަށެވެ. ނަމަވެސް ޑިމާންޑްތަކެއް ކުރަން ބޭނުން ނަމަ، ފުރަތަމަ ހުށަހަޅަން ޖެހޭނީ އެމްޑީޕީއަށް ކަމަށާއި، އޭގެ ތެރެއިން ރައީސަށް ފޮނުވަން އެމްޑީޕީގެ ބޭފުޅުންނަށް ފެންނަ ޑިމާންޑެއް ފޮނުވާނެ ކަމަށެވެ. އެ ނޫން ގޮތަކަށް، މުޒަހާރަ ކޮށްގެން، ޑިމާންޑް ނުކުރެވޭނެ ކަމަށެވެ.

" އަޅުގަނޑު އެމްޑީޕީގެ ޗެއާޕާސަންގެ ހައިސިއްޔަތުން ޝެއިހް އިމްރާނަށް މި ދަންނަވަނީ، ތިޔަ ބޭފުޅުންގެ ވާހަކަތައް ރައީސް ނަޝީދު އަޑުއެއްސެވިޔަ ނުދޭނެ ކަމަށް. އެކަމަކު އެ ކަންތައްތައް ނޯޓުކޮށްގެން އެމްޑީޕީއަށް ހުށަހެޅީމަ އަޅުގަނޑުމެން އެކަން ބަލައި ރައީސަށް ފޮނުވަން ޖެހޭ ކަމަށް ފެންނަންޏާ ޕާޓީން އެމަނިކުފާނަން އެކަން އަރުވާނަން،" އެމްޑީޕީގެ ވަޤުތީ ޗެއަރ ޕާރސަން މޫސާ މަނިކު ވިދާޅުވި އެވެ.

ރީކޯ މޫސަ މިހެން ވިދާޅުވެފައިވަނީ، 23 ޑިސެމްބަރ 2011 ގެ މުޒާހަރާގައި ޑިމާންޑް ކުރި ކަންތަކާމެދު ސަރުކާރުން މަޝްވަރާކޮށް ފިޔަވަޅެއް އަޅާނެ ކަމަށް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ވިދާޅުވެފައި ވަނިކޮށެވެ.

ސަން އޮންލައިނުން ހާމަކުރާ ގޮތުން، ސަން އާ ވާހަކަ ދައްކަވަމުން ޒުހައިރު މިއަދު ވިދާޅުވީ މާތް މަގުސަދެއްގައި އެއްވެތިބެ "އެތައް ސަތޭކަ ދިވެހިން ސަރުކާރަށް ކަންތައްތަކެއް ހުށަހެޅުމުން އެކަމަށް ސަރުކާރުން އަހައްމިއްޔަތުކަން ދޭނެ ކަމަށާއި އެއްމެ މަތީ ފެންވަރުގައި މަޝްވަރާކޮށް އެ ޑިމާންޑްތަކާ ދޭތެރޭ ވިސްނާނެ" ކަމަށެވެ.

23 ޑިސެމްބަރ 2011 ގައި މަދަނީ އިއްތިހާދާއި ހަތް ސިޔާސީ ޕާޓީއެއް ގުޅިގެން، އިސްލާމްދީނުގެ ހިމާޔަތުގައި ދިވެހިން، މި ނަމުގައި ބޭއްވި މުޒާހަރާގައި ވަނީ އެތައް ހާސް ރައްޔިތުންތަކެއް ސުނާބީ ބިނާ ސަރަހައްދަށް އެއްވެފައެވެ. 8 ގަޑި އިރަށް ދެމިގެން ދިޔަ މި މުޒާހަރާ ނިމުނީ ރޭގަނޑު 12.00 ގައެވެ

ހަމަ އެދުވަހު، މެދުމިނަށް ކުރާ ތާޢީދު ގެ ނަމުގައި އެމްޑީޕީންވެސް ވަނީ މުޒާހަރާއެއް ބާއްވާފައެވެ. ނަމަވެސް މަދު މީސްކޮޅެއް ހާޒިރުވި މި މުޒާހަރާ އެދުވަހު ހަވީރު 6.00 ގައި ވަނީ ނިންމާލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.