ރާއްޖޭގެ ސިޔާސީ ހަލަބޮލިކަން ހައްލުކުރުމަށް އެމެރިކާގެ ފަރާތުން މަދަމާ ސަފީރަކު މާލެ އަންނަގޮތަށް ހަމަޖެހިއްޖެއެވެ.
މީޑީއާތަކުން ހަބަރުލިބޭގޮތުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު އުފެދިފައިވާ 'ސުނާމީ'އިން ސަލާމަތްވުމަށްޓަކައި އެމެރިކާއިން މެދުވެރިއެއްގެ ރޯލް އަދާކުރުމަށް އެމެރިކާއިން އެހީވުމަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރް ރޮބަރޓް ބްލޭކް މާދަމާގެ ވަގުތެއްގައި މާލެ އަންނާނެއެވެ. އިދިކޮޅުޕާޓީތަކާއި ސަރުކާރާއި އެކު އެބޭފުޅާ ބާއްވާ ބައްދަލުވުންތަކުގައި މިމައްސަލަތަކަށް ހައްލު ގެނައުމަށް މަސައްކަތްކުރާނެކަމަށް ހަބަރު ލިބެއެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހުގެ ހަމަނުޖެހުން ކޮންޓްރޯލްކުރަން ބިދޭސީން އަންނަން ފެށުމުން ބައެއް ސިޔާސީ މުފައްކިރުންދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި ސިޔާސީ ތަޅާފޮޅުންތައް މައިތިރިކުރަން ބޭރުގެ ފަރާތްތަކުން ރާއްޖެއަންނަން ޖެހުމަކީ ސިޔާސީ ބޭފުޅުން ތަސައްވަރު ނުފުދޭކަމުގެ ހެއްކެކެވެ.
ރޮބަރޓް ބްލޭކް މާދަމާ ރައްޖެ ކުރައްވާ ދަތުރުގައި ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއިވެސް ބައްދަލުކުރައްވާނެކަމަށް ބޭރުގެ މީޑިއާތަކުން ހާމަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...