ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެ ރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުން ގެންދާ ދަރުސްތަކުގެ ތެރެއިން ޑިސެމްބަރ 2 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތާވަލް ޢާއްމުކޮށްފިއެވެ.
މިގޮތުން ދަރުސް ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
1- އިސްލާމީ މަރުކަޒް - އައްޝައިޚް ޢުޘްމާނު ޢަބްދުﷲ (މައުޟޫއު: އާޝޫރާ ދުވަސް)
2- މަސްޖިދު އިބްރާހީމް - އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް (މައުޟޫއު: ޝިރުކުގެ ނުރައްކާތެރިކަން)
3- މަސްޖިދު ނޫރު - އައްޝައިޚް އަޙްމަދު މޫސާ (މައުޟޫއު: އާޝޫރާ ދުވަސް)
4- މަސްޖިދު ޞަލާހުއްދީން - އައްޝައިޚް ނިމާލް މުޙައްމަދު (މައުޟޫއު: އާޝޫރާ ދުވަސް)
5- މަސްޖިދު ޖަލާލުދީން - އައްޝައިޚް މުހައްމަދު ޠައްޔިބް (މައުޟޫއު: އާޝޫރާ ދުވަސް)
6- މަސްޖިދު މުޙައްމަދު ޤާސިމް ބިން އާލްޘާނީ (ހުޅުމާލެ) – އައްޝައިޚް ޙަސަން ތައުފީޤް ޢަބްދުއްރަޙްމާނު (މައުޟޫއު: އާޝޫރާ ދުވަސް)
މިދަރުސްތަކަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީން އެދެއެވެ.
މިދަރުސްތަކުގެ ތެރެއިން ޝައިޚް އާދަމް ޝަމީމް ދެއްވާ ދަރުސް ރޭޑިއޯ އެޓޯލް އިން ލައިވް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...