ދިއިސްލާމް ސަރުކާރުން މިއަހަރުގެ ޤައުމީ އިނާމު ދެއްވައިފި

ސަރުކާރުން މިއަހަރުގެ ޤައުމީ އިނާމު ދެއްވައިފި

ސަރުކާރުން މިއަހަރުގެ ޤައުމީ އިނާމު ދެއްވައިފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

 

އާ އުފެއްދުންތަކުގެ (އިނޮވޭޝަން) ދާއިރާއިން އިނާމު ލިބިވަޑައިގެންނެވި ޕްރޮފެސަރ ޙަސަން ޢުޤައިލް އާ ރައީސް ނަޝީދު އިނާމު ޙަވާލުކުރައްވަނީ – ފޮޓޯ : ރައީސް އޮފީސް

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ސަރުކާރުން ދެއްވާ ޤައުމީ އިނާމު ރޭ ދެއްވައިފިއެވެ.

މިއަހަރުގެ ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ ދެއްވީ ދަރުބާރުގޭގައި އެކަމަށްޓަކައި ރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ. އިނާމުތައް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖަކާއި، ހަނދާނީ ފިލައެއް ދެއްވާފައިވާއިރު، ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ދެއްވީ، ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު މިއަހަރު ލިބިވަޑައިގަތީ ދެބޭފުޅަކަށެވެ. އެއީ، ތަޢްލީމީ ދާއިރާއިން، ތަޢްލީމު އުނގަންނައިދިނުމުގެ ރޮނގުން މާފަންނު މާޔާ މުޙަންމަދު ޔޫސުފަށާއި، ޞިއްޙީ ދާއިރާއިން، ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން މައްޗަންގޮޅީ މާފުނަ އަލްފާޟިލް މުޙަންމަދު އިސްމާޢީލް ފުޅަށެވެ.

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު މިއަހަރު ލިބިވަޑައިގަތީ 13 ބޭފުޅަކަށެވެ. އެއީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން، ވާހަކަ ދެއްކުންތެރިކަމުގެ ފަންނު ކުރިއެރުވުމުގެ ރޮނގުން، ހ. ފޮއްދޫގެ މުޙައްމަދު ނަޝީދު، ތަޢުލީމީ ދާއިރާއިން ތަޢްލީމު އުނގަންނައިދިނުމާއި، ތަރައްޤީކުރުމުގެ ރޮނގުން ސ. މީދޫ ހަސަންކާރިގެ ޑޮކްޓަރ އަޙްމަދު އަންވަރު، ޞިއްޙީ ދާއިރާއިން، ދިވެހި ބޭސްވެރިކަން ކުރުމާއި، އެމަސައްކަތް ތަރައްޤީކުރުމުގެ ރޮނގުން ނ. ހެނބަދޫ ތުނޑި ޢަލީ ރަޝީދު، ޤާނޫނީ ދާއިރާއިން، ޤާނޫނީ ރޮނގުން ޚިދުމަތްކުރުމާއި، ޤާނޫނީ ލަފާ ދިނުމުގެ ރޮނގުން، ސ. މީދޫ ހަސަންކާރިގެއަލްއުސްތާޛު ޙުސްނުއްސުޢޫދު، އާ އުފެއްދުންތަކުގެ (އިނޮވޭޝަން) ދާއިރާއިން ސ. ހިތަދޫ ވެސްޓް ބްރީޒް ޕްރޮފެސަރ ޙަސަން ޢުޤައިލް އަށެވެ.

ސަރުކާރުން ޤައުމީ އިނާމް ދެއްވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގައި ކަނޑައެޅިގެން އިސްލާމްދީނާ ޚިލާފު ފާޙިޝް ފިލްމުތައްކުޅެ، ނާޗަރަންގީ ކުޅެ ނަށައި، މިއުޒިކާއެކު ލަވަކިޔައި ބިންމަތި ފަސާދަކުރާ ބޭފުޅުން ހިމެނެއެވެ. އަދި ރޭގެ ޖަލްސާގައި ޝުކުރުއަދާކޮށްފައި ވަނީ ވެސް އިސްލާމްދީނާ ޚިލާފަށް، އައުރަ ނިވާނުކޮށް ހުރި އަންހެން ލަވަކިއުންތެރިއަކު އެންމެންގެ ކުރިމައްޗަށް ސްޓޭޖް މައްޗަށް އަރައި މިއުޒިކާއެކު ކިޔައިދިން ލަވައަކުންނެވެ.

އޭގެ އިތުރުން ބޯޓް ބިލްޑިންގގެ ދާއިރާއިން ކިއްސަރު ވަޑާމުގެ ރޮނގުން ރ. އިނގުރައިދޫ އުންމީދު ޢަބްދުލްޙާރިޘް ހާރޫން، ބޯޓް ބިލްޑިންގގެ ދާއިރާއިން ކިއްސަރު ވަޑާމުގެ ރޮނގުން ރ. އިންނަމާދޫ ނާރެސް މުޙައްމަދު ޢަލިފުޅު، މަސައްކަތްތެރިކަމުގެ ދާއިރާއިން ލިޔެލާޖެހުމުގެ ރޮނގުން ބ. ތުޅާދޫ ސޯސަންވިލާ ޢަބްދުއްރަޙްމާން މޫސާ، ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމުގެ ރޮނގުން ހ.ޝޭޑީކޯނަރ ޢަބްދުލްޙަމީދު ޢަބްދުލްޣަފޫރު، ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި، ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމުގެ ރޮނގުން މ. ރުބިކަން ޢަބްދުﷲ ޢާމިރު އަށް އިނާމް ލިބިވަޑައިގަތެވެ.

ދެން އިނާމު ލިބިވަޑައިގަތީ ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ލަވަ ކިޔުމުގެ ރޮނގުން މ. ވައްތިޔަރަގެ ރާފިޢަތު ރަމީޒާ،  ޕަރފޯމިންގ އާޓްސްގެ ދާއިރާއިން ފިލްމާއި ތަމްސީލު ކުޅުމުގެ ރޮނގުން ގދ. ވާދޫ އަލަމާގެ ނިޢުމާ މުޙައްމަދު،  އެޕްލައިޑް އާޓްސްގެ ދާއިރާއިން ފެޝަން ޑިޒައިންގެ ރޮނގުން ގދ. ތިނަދޫ ހިންދޫސް ޖާދުﷲ އިސްމާޢީލް އަށެވެ.

އަދި ޢިމާރާތް ކުރުމާއި، ޢިމާރާތް ފަރުމާކުރުމުގެ ދާއިރާއިން، ޢިމާރާތްކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ޕްރޮޕް ޕްރައިވެޓް ލިމިޓެޑަށްވަނީ ލިބިފައެވެ.

ސަރުކާރުން ޤައުމީ އިނާމް ދެއްވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގައި ކަނޑައެޅިގެން އިސްލާމްދީނާ ޚިލާފު ފާޙިޝް ފިލްމުތައްކުޅެ، ނާޗަރަންގީ ކުޅެ ނަށައި، މިއުޒިކާއެކު ލަވަކިޔައި ބިންމަތި ފަސާދަކުރާ ބޭފުޅުން ހިމެނެއެވެ. އަދި ރޭގެ ޖަލްސާގައި ޝުކުރުއަދާކޮށްފައި ވަނީ ވެސް އިސްލާމްދީނާ ޚިލާފަށް، އައުރަ ނިވާނުކޮށް ހުރި އަންހެން ލަވަކިއުންތެރިއަކު އެންމެންގެ ކުރިމައްޗަށް ސްޓޭޖް މައްޗަށް އަރައި މިއުޒިކާއެކު ކިޔައިދިން ލަވައަކުންނެވެ.

ސަރުކާރުން ޤައުމީ އިނާމް ދެއްވާއިރު މުޖުތަމަޢުގައި ނުބައި ފާޙިޝް ކަންތައްތައް ފަތުރާ، އަހްލާޤީ ފެންވަރު ދަށް މީހުންނަށް އިނާމުތައް ދެމުންދާތީ ގިނަ ބަޔަކު ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. އަދި އެއީ އިނާމު ލިބިވަޑައިގަންނަވާ އެހެން ބޭފުޅުންގެ އަގަށްވެސް ހުތުރުކަން ލިބޭ ކަމެއް ކަމުގައި އެފަރާތްތަކުން ބުނެއެވެ.

ޓެގް

ޤައުމީ އިނާމު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.