ރާއްޖޭގެ ޚަބަރު މިރޭ މަލީޝާ ޖަމާޢަތުގެ ޙައްޖުވެރިންތަކެއް މާލެ ދާން ފުރަނީ

މިރޭ މަލީޝާ ޖަމާޢަތުގެ ޙައްޖުވެރިންތަކެއް މާލެ ދާން ފުރަނީ

މިރޭ މަލީޝާ ޖަމާޢަތުގެ ޙައްޖުވެރިންތަކެއް މާލެ ދާން ފުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މައްކާއިން

ދިވެހި ޙައްޖު މިޝަނުގެ ރައީސް އައްޝެއިޚް މޫސާ އަންވަރު ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިރޭ ދިވެހި ޙައްޖުވެރިންތަކެއް މާލެ ދާން ޖިއްދާގެ ވައިގެ ބަނދަރުން ފުރާނެ ކަމަށާއި، މިރޭ ފުރުމަށް ހަމަޖެހިފައިވަނީ މަލީޝާ ޖަމާޢަތުގެ 77 ޙައްޖުވެރިއެއް ކަމަށެވެ.

އަދި ޖެހިގެން އަންނަ ދެ ދުވަހުވެސް އެ ޖަމާޢަތުގެ ޙައްޖުވެރިންތަކެއް މާލެ ދިއުމަށް ފުރާނެކަމަށްވެސް ޝެއިޚް މޫސާ އަންވަރު ހާމަކުރައްވައެވެ. އެގޮތުން 17 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވަނީ މަލީޝާ ޖަމާޢަތުގެ 75 ޙައްޖުވެރިއެކެވެ. އަދި 18 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވަނީ އެ ޖަމާޢަތުގެ 77 ޙައްޖުވެރިން ކަމަށެވެ. އަދި ހަމަ އެދުވަހު، އަލްޚައިރާއި އަލްބަޓްރޮސްގެ ބާކީ ތިބި ޙައްޖުވެރިންވެސް މާލެ ދިއުމަށްޓަކައި ފުރާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.