ދިއިސްލާމް ތުރުކީގައި ފާއިތުވީ އަހަރު 634 މީހުން އިސްލާމްވެފައިވޭ - ރިޕޯޓް

ތުރުކީގައި ފާއިތުވީ އަހަރު 634 މީހުން އިސްލާމްވެފައިވޭ - ރިޕޯޓް

ތުރުކީގައި ފާއިތުވީ އަހަރު 634 މީހުން އިސްލާމްވެފައިވޭ - ރިޕޯޓް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތުރުކީގެ މިސްކިތެއް

 

ތުރުކީގައި ފާއިތުވީއަހަރު 634 މީހުން އިސްލާމްދީން ޤަބޫލުކޮށް އެދީނަށް ވަދެފައިވާކަމަށް ތުރުކީގެ އިސްލާމިކް އެފެއާޒްއިން ހާމަކޮށްފިއެވެ.

 

ތުރުކީގެ އިސްލާމިކް އެފެއާޒްއިން ހާމަކޮށްފައިވާ ރިޕޯޓުގައިވާގޮތުން އިސްލާމްދީނަށް އަލަށް ވަދެފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންކަމަށާއި އެއީ 467 މީހުންކަމަށެވެ. އަދި އޭގެ ތެރެއިން ހިމެނޭ އެންމެ ގިނަ މީހުންނަކީ ކުރިން ކްރިސްޓިއަނުންކަމަށާއި އެހެނިހެން ދީންތަކުގެ މީހުންވެސް އިސްލާމް ވެފައިވާކަމަށެވެ.  އަދި މީގެ ތެރޭގައި 25 އިންސައްތަ މީހުންނަކީ ޖަރުމަނާއި އެމެރިކާ، ފްރާންސް އަދި އިނގިރޭސި ރައްޔިތުން ކަމުގައި ތުރުކީގެ އިސްލާމިކް އެފެއާޒްއިން ނެރެފައިވާ ރިޕޯޓްގައި ހާމަކޮށްފައިވެއެވެ.

ތުރުކީއަކީ އިސްލާމުންގެ މެޖޯރިޓީ އޮންނަ ޤައުމެކެވެ. އެޤައުމުގެ 95 ޕަސެންޓަކީ މުސްލިމުންނެވެ. ދުނިޔޭގެ ކަންކޮޅުގައި ކަފަރުން އިސްލާމްވާ ރޭޓު ނިސްބަތުން ދަނީ އިތުރުވަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.