ދިއިސްލާމް ޔުނެސްކޯގެ މެމްބަރަކަށް ފަލަސްތީނު ހެދުމާމެދު ނެގި ވޯޓަށް ރާއްޖެއިން ޙާޟިރެއް ނުވޭ!

ޔުނެސްކޯގެ މެމްބަރަކަށް ފަލަސްތީނު ހެދުމާމެދު ނެގި ވޯޓަށް ރާއްޖެއިން ޙާޟިރެއް ނުވޭ!

ޔުނެސްކޯގެ މެމްބަރަކަށް ފަލަސްތީނު ހެދުމާމެދު ނެގި ވޯޓަށް ރާއްޖެއިން ޙާޟިރެއް ނުވޭ!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ހާރިޖީ ވަޒީރު އަޙްމަދު ނަސީމް – ދިވެހި ހާރިޖިއްޔާ އިން ބުނާ ގޮތުގައި ދިވެހިން ތިބޭނީ ފަލަސްތީނާ އެކު ކޮނޑާއި ކޮނޑު ޖައްސައިގެން

ފަލަސްތީނަކީ ޔުނެސްކޯގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ހެދުމަށް އެދި އެޤައުމުން ހުށައަޅާފައިވާ ހުށައެޅުމަށް ގޮތެއް ނިންމުމަށްޓަކައި ޕެރިހުގައި ހުންނަ ޔުނެސްކޯގެ މައި އިދާރާގައި އިއްޔެ ބޭއްވި ޖަލްސާގައި 107 ޤައުމަކުން ފަލަސްޠީނަށް ތާއީދުކޮށް ވޯޓުދީފައިވާ އިރު، ދިވެހިރާއްޖެ ހިމެނެނީ މި ވޯޓަށް ޙާޟިރު ނުވާ ޤައުމުތަކުގެ ތެރޭގައެވެ.

މި ވޯޓަށް އެއްގޮތަކަށް ވެސް ޙާޟިރު ނުވެފައި ވަނީ 20 ޤައުމެއްގެ ސަރުކާރުންނެވެ. ޙާޟިރުވި ނަމަވެސް، 52 ޤައުމަކުން މިވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. މިކަމާ ދެކޮޅަށް ވޯޓުދީފައިވަނީ 14 ޤައުމަކުންނެވެ. އޭގެ ތެރޭގައި އިޒްރޭލް، އެމެރިކާ، ޖަރުމަން، ސްވިޑްން، އަދި ނެދަލޭންޑްސް ހިމެނެއެވެ.

ވޯޓުގެ އަޣްލަބިއްޔަތާއެކު އިއްޔެ އިން ފެށިގެން ފަލަސްތީނަށް ވަނީ، އދ. ގެ ތަޢުލީމާ ސައެންސާ އަދި ޘަޤާފަތާ ބެހޭ ޖަމްޢިއްޔާ، ޔުނެސްކޯގެ ފުރިހަމަ މެމްބަރުކަން ލިބިފައެވެ.

ދިވެހިން ތިބޭނީ ފަލަސްތީނާ އެކު ކޮނޑާއި ކޮނޑު ޖައްސައިގެން ކަމަށް ދިވެހި ސަރުކާރުގެ ހާރިޖިއްޔާ އިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބުނެފައި ވެއެވެ.

ސްރީލަންކާގައި ހުންނެވި ރާއްޖޭގެ ހައިކޮމިޝަނަރ އަލީ ޙުސައިން ދީދީ އާއެކު އެމެރިކާގެ އެމްބަސީގެ އޮފިޝަލުން ބޭއްވެވި ބައްދަލުކުރެއްވުމެއްގައި، އިޒްރޭލާ ދެކޮޅަށް އދ. އިން ފާސް ކުރަން އުޅުނު ޤަރާރަކަށް ރާއްޖެއިން ތާޢީދު ނުކުރުމަށް އެމެރިކާ އިން އެދިފައިވާ ކަމަށް ބުނާ ލިޔުމެއް ވިކިލީކްސްގެ އިން މީގެ ކުރިން ލީކުކޮށްލާފައި ވެއެވެ. އެ ލިޔުމުގައި ވާގޮތުގައި އަލީ ޙުސައިން ދީދީ ވިދާޅުވެފައި ވަނީ ޤަރާރަށް ވޯޓް ދިނުމާ މެދު ސަރުކާރުން ވަރަށް ފުންކޮށް ވިސްނަމުންގެންދާ ކަމަށެވެ.

އަދި މި ޤަރާރާ މެދު ދިވެހިރާއްޖެ އިން ޢަމަލުކުރާނެ ގޮތެއް ކަނޑައެޅިގެން ވިދާޅުނުވި ނަމަވެސް، ވަކި ކޮޅަކަށް ވޯޓް ނުދިނުން، ނުވަތަ ވޯޓުގައި ބައިވެރިނުވުން ކުރެ އެއްގޮތަކަށް ޢަމަލުކުރާނެ ކަމަށް އޭނާ ވިދާޅުވެފައިވާ ކަމަށެވެ. ރާއްޖެއާ އިޒްރޭލާ ދެމެދު އަލުން ސިޔާސީ ގުޅުން ޤާއިމްކޮށްފައިވާކަން ފާހަގަކޮށް ޢަލީ ޙުސައިން ވިދާޅުވި ކަމަށް އެލިޔުމުގައި ވަނީ "ރަނގަޅު ގޮތެއް ވާނެ" ކަމަށެވެ.

ޓެގް

ދިވެހިރާއްޖެ ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.