ދިވެހި ރާއްޖޭގެ ތަޢުލީމީ މުޤައްރަރުގައި ހިމެނޭ އިސްލާމް/ދިވެހި ރާއްޖޭގެ ކިޔަވަމުންދާ މަތީ ޡާނަވީ ދަރިވަރުންނަށް އިޚްތިޔާރީ މާއްދާޔަކަށް ހެދުމާއި ގުޅިގެން އެކަމުގެ އޮތްގޮތް ދީނީ ގޮތުން ބަޔާންކޮށްދިނުމަށްޓަކައި މަދަނީ އިއްތިހާދުން މިރޭ ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމްގައި ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މަދަނީ އިއްތިހާދުން ހާމަކުރައްވައިފިއެވެ.
މިރޭ 9 ޖަހާއިރު މަދަނީ އިއްތިހާދުން ބާއްވާ ޢިލްމުވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ ވީހާވެސް ގިނަ ދީނީ ޢިލްމުވެރިން ބައިވެރިވެ ވަޑައިގަންނަވާނެކަމަށް މަދަނީ އިއްތިހާދުން ހާމަކުރައްވާފައިވެއެވެ.
މިރޭގެ ބައްދަލުވުމުގައި މަތީ ޡާނަވީ ދަރިވަރުންނަށް އިޚްތިޔާރީ މާއްދާޔަކަށް ހެދުމާއި ގުޅިގެން ޢިލްމުވެރިން ޤަރާރެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް މަދަނީ އިއްތިހާދުން ހާމަކުރައްވައެވެ. މިބައްދަލުވުމަށް ވީހާވެސް ގިނަ ޢާއްމުން ބައިވެރި ވަޑައިގަތުމަށް މަދަނީ އިއްތިހާދުން އެދިލައްވައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...