ގިނަ ދުވަސްތަކެއް މެދުކެނޑުމަށްފަހު ޢަދާލަތު ޕާޓީއިން 2006 ވަނަ އަހަރު ތަރުޖަމާކުރަން ފަށާފައިވާ ކީރިތި ޤުރުއާނުގެ ތަރުޖަމާގެ މަސައްކަތް އަލުން ފަށައިފިއެވެ.
ކޮންމެ ހަފުތާއެއްގައިވެސް ހޯމަ ބުދަ އަދި ބުރާސްފަތީގައި ތަރުޖަމާގެ މަސައްކަތް ޢަދާލަތު ޕާޓީގެ އޮފީހުގައި ކުރިއަށް ގެންދާކަމަށް ދިއިސްލާމްއަށް ވަނީ ހަބަރު ލިބިފައެވެ. 2006 ވަނައަހަރު ވަނީ މިމަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި 12 ދީނީ ޢިލްމުވެރިންގެ ކޮމިޓީއެއް އެކުލަވާލާފައިވާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިހާރު މިތަރުޖަމާގެ 17 ފޮތް ވަނީ ތަރުޖަމާ ކުރެވިފައެވެ އަދި މިތަރުޖަމާގެ ފުރަތަމަ 3 ފޮތް ވަނީ ޢާދާލަތު ޕާޓީގެ ރަސްމީ ވެބުސައިޓްގައި ޝާޢީކުރައްވާފައިވެއެވެ. އަދި ވީޓީވީއިން މިތަރުޖަމާ މަޤްރިބް ނަމާދު ފަހުން މިތިން ފޮތުގެ ތަރުޖަމާ ފޮނުވަމުން ގެންދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...