މަސްޖިދުލް ޙަސަން އިއްޛުއްދީން (ޠައިބާ މިސްކިތް)ގައި ޔޫސުފް ސޫރަތުގެ ތަފުޞީރު ކުލާހެއް ކޮންމެ ހަފުތާއެއްގެ ހޯމަދުވަހުގެ ރޭ މަޤުރިބް ނަމާދަށް ފަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހަބަރު ލިބިއްޖެއެވެ.
މިރޭ ފެށޭ ތަފްޞީރު ކްލާހުގައި ޔޫސުފް ސޫރަތް ތަފްޞީރު ކޮށްދެއްވާނީ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. ރޭގައި އިޝާ ނަމާދައްފަހު މިކަމާބެހޭގޮތުން ޢާއްމުންނަށް މިކަން އިޢުލާން ކުރައްވަމުން ޝަހީމް ވިދާޅުވެފައިވަނީ ''ޔޫސުފް ސޫރަތަކީ ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ތެރެއިން ޢިބުރަތްތެރި ސުރަތެއްކަމަށާއި މިސޫރަތުގައި ވަނީ ގަމީހެއްގެ ވާހަކަ ކަމަށާއި އަދި ޔޫސުފް އަލައިހި ސަލާމަށް ދިމާވި ކަންތައްތަކުގެ ވާހަކަވެސް ވަރަށް ތަފުޞީލް ކޮށްބަޔާން ކޮށްދެއްވާފައިވާ'ކަމަށެވެ.
މީގެ ހަތަރު އަހަރު ކުރިން ޝަހީމްވަނީ ޠައިބާ މިސްކިތުގައި ތަފުޞީރު ކުލާހެއް ކުރިއަށް ގެންގޮސްފައެވެ. މިރޭ މަޤުރިބު ނަމާދައްފަހު ޠައިބާ މިސްކިތުގައި މިކުލާސް އޮންނާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
ފޮޓޯ: ހިސާން ފޮޓޯގްރަފީ

ކޮމެންޓް (0)
ލޯޑް ކުރަމުން...