ދިއިސްލާމް ގދ.ތިނަދޫގައި އިސްލާމީ މަރުކަޒެއް ބިނާކުރަނީ

ގދ.ތިނަދޫގައި އިސްލާމީ މަރުކަޒެއް ބިނާކުރަނީ

ގދ.ތިނަދޫގައި އިސްލާމީ މަރުކަޒެއް ބިނާކުރަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ތިނަދޫ ، ފޮޓޯ: އާޒިމްބެ / ފްލިކާރ

 

ގދ. ތިނަދޫގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަށް މަސައްކަތް ކުރަމުން އަންނަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހާމަކޮށްފިއެވެ.

މިނިސްޓްރީގެ ނާއިބު ޝައިޚް މުޙައްމަދު ފާރޫޤު "ހަވީރު" ނޫހަށް އިއްޔެ ވިދާޅުވެފައި ވަނީ އެރަށުގައި އިސްލާމީ މަރުކަޒެއް އެޅުމަށް ޕްރޮޕޯސަލެއް ތައްޔާރުކޮށް އަންނަ ހަފުތާގައި ފޮރިން މިނިސްޓްރީ އަށް ފޮނުވާނެ ކަމަށެވެ. އެ ޕްރޮޕޯސަލް ހުށަހަޅަނީ އެ މަރުކަޒު އެޅުމަށް ބޭރުގެ އެހީ ހޯދުމަށެވެ.

ޝައިޚް ފާރޫޤް ވިދާޅުވެފައި ވަނީ އެހީ ލިބުނުހާ އަވަހަކަށް އެމަރުކަޒުގެ މަސައްކަތް ފެށުމަށް ބިޑަށް ލާނެ ކަމަށެވެ. އަދި މާލޭގައި ހުންނަ އިސްލާމީ މަރުކަޒުން ހިންގާ ހުރިހާ ޕްރޮގްރާމެއް އެތަނުގައި ހިންގާނެ ކަމަށެވެ. އެގޮތުން ރާއްޖެއިންނާއި ބޭރުގެ ޢިލްމުވެރިން ފޮނުވައިގެން ދީނީ ދަރުސްތަކާއި އިހްޔާ ކުރުމުގެ ޕްރޮގްރާމުތައް އެމަރުކަޒުގައިވެސް ހިންގާނެ ކަމަށް ފާރޫޤް ވިދާޅުވިއެވެ.

އެ މަރުކަޒުގެ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ލަފާކުރެ އެވެ.

އައްޑޫ ސިޓީގެ ހިތަދޫގައި ވެސް އިސްލާމީ މަރުކަޒެއް ޤާއިމްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައި ވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ކޮމިއުނިޓީ ކެބިނެޓް ބައްދަލުވުމުގައި ސ. ހިތަދޫ މުހިއްބުއްދީން ސްކޫލްގައި މިއަހަރުގެ މެއި މަހު 12 ވަނަ ދުވަހު ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ ވިދާޅުވެފައި ވަނީ އެރަށުގައި ބިނާކުރާ އިސްލާމީ މަރުކަޒްގެ ޑިޒައިން ނިމިފައިވާ ކަމަށާއި، ބިން ވެސް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަޝްރޫޢަށް ބޭނުންވާ ފައިސާ ހޯދުމަށް ސަޢުދީ ސަރުކާރުގެ ކަމާބެހޭ ފަރާތަށް ހުށަހަޅާފައިވާ ކަމަށާއި، ފައިސާގެ ކަންތައްތައް ހަމަޖެހުނުހާ އަވަހަކަށް ޢަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ.

މި މަރުކަޒް ހަދަން ހަމަޖެހިފައިވަނީ ޤައުމީ ޔުނިވާސިޓީ ހިތަދޫ ކެމްޕަސް ދަނާލުގެ ކައިރީގައި އޮންނަ ހުސް ބިމުގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ޓެގް

ތިނަދޫ އިސްލާމީ މަރުކަޒް ތިނަދޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.