ޤައުމަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ދަތިތައް ޙައްލުކުރެއްވުމަށްޓަކައި ދީނީ ޢިލްމުވެރިން އެއްބައިވެ އެކުވެރިވުމަށް އިސްލާމިކް މިނިސްޓަރުގެ ނައިބު އައްޝައިޚް މުޙައްމަދު ފާރޫޤް ގޮވާލައްވައިފިއެވެ.
އެންމެފަހުން އެމްޑީޕީން އެޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝެއިޚް ފާރޫޤް ވިދާޅުވީ ދީނީ ކަންކަން ޙައްލުކުރެވޭނީ ސިޔާސީ ވަކި ވިސްނުންތައް ދޫކޮށް، ގުޅިގެން މަސައްކަތްކޮށްގެންކަމަށާއި އެހެންކަމުން ޢިލްމުވެރިން އެމަގަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ފާރޫޤް ވިދާޅުވީ ރާއްޖޭގައި ދީނީ ކަންތައް ކުރިއަރަމުން އަންނާތީ ބައެއް މީހުން ޙަސަދަވެރިވާކަމަށާއި ނަމަވެސް ދީނަށް ލިބޭ ކުރިއެރުމާ ޙަސަދަވެރިވާނީ ޤައުމުގެ ދުޝްމަނުންކަމަށެވެ. އަދި ދީނަކީ ވަކި ޕާޓީއެއްގެ އެއްޗެއްނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޮންމެ ބަޔަކު ޙަސަދަވެރިވިޔަސް މިހާރުގެ ސަރުކާރުން ދިނީކަންކަމަށް އިސްކަންދޭ މިންވަރަށް މީގެ ކުރިން އެއްވެސް ބަޔަކު ދީނީކަންކަމަށް އިސްކަންދީފައި ނުވާކަމަށާއި ޚުދް ރައީސުލްޖުމްހޫރިއްޔާވެސް ދީނީ ކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...