މިފަހަރުވެސް މިސުވާލަށް ލޮޖިޓެކުން ބުނަނީ އާނއެކެވެ. މީގެ 9 މަސް ކުރިން ލޮޖިޓެކުން ނެރެފައި ވަނީ ޗާޖު ނުކޮށް 2 އަހަރު ދުވަހު ގެންގުޅެވިދާނޭ މައުސްއެކެވެ. އެއީ M515 ބްރޭންޑް ގެ މައުސްއެކެވެ. 2 އަހަރު ދުވަހުން ލޮޖިޓެކްއަކަށް ނުފުދުނެވެ. 2 އަހަރުގެ ތެރެއަށް އަދި 12 މަސް އިތުރު ކޮށްލީއެވެ.
މިފަހަރު މި ތަޢާރަފްކުރީ M525 ގެ މައުސް އެކެވެ. މިމައުސް ބަރާބަރު 3 އަހަރު އެއްވެސް ޗާޖެއް ނުކޮށް ގެންގުޅެވިދާނެ ކަމަށާއި ބެޓެރި ބޭނުންކުރާ ކަމުގެ އިޙްސާސް ވިޔަނުދޭނެ ކަމަށް ލޮޖިޓެކުން ބުނެއެވެ. AA ގެ ދެ ބެޓެރި ހިމެނޭ ރިއު ޔޫއެސްބީ ވަޔާލެސް ޑޮންގުލް ވެސް ހިމެނެއެވެ. ބޭނުން ނުކޮށް ގިނައިރު ވުމުން އަމިއްލަ އަށް މިމައުސް ނިއްވާލައެވެ. ލޮޖިޓެކުން މިފަހަރު ވަނީ ކަޅާއި ހުދުގެ އިތުރުން ފެހި، ރަތް އަދި ނޫކުލައިގެ މައުސް ހިމަނާފައެވެ. ތިން އަހަރު ދުވަހު ބޭނުން ކުރެވޭ މިމައުސްގެ އަގަކީ އެންމެ 40 ޑޮލަރެވެ. މިހާރު އެމެރިކާ އަށް އެކަނި ލިބެންހުރިއިރު މި މަސް ނިމުމުގެ ކުރިން ޔޫކޭގެ އިރުތުން އެހެން ގައުމުތަކަށް ޝިޕްކުރަން ފަށާނެއެވެ. ކުރީގެ މޮޑެލްތައް އީބޭއިން ލިބެން ހުރިއިރު މި މޮޑެލްވެސް އީބޭއިން ލިބޭނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.
އަބަދު ދަތުރު ކުރައްވާ ބޭފުޅުންނަށްމީ ވަރަށް އަގުހުރި ގެޖެޓެކެވެ. އެންމެ މުޙިންމު ގަޑީގައި މައުސް އިން ބެޓެރި ގޮސްދާނެތީ ހާސްވެގެން އުޅޭކަށް ނުޖެހޭނެއެވެ.
ކޮމްޕިއުޓަރ ވަޔާލެސް މައުސްއެއް 2 އަހަރު ދުވަސް ވަންދެން ޗާޖް ނުކޮށް ގެންގުޅެވިދާނެތަ؟
Logitech Wireless Mouse M525 Review
ކޮމެންޓް (0)
ލޯޑް ކުރަމުން...