ދިއިސްލާމް ޤުނޫތު ނުކިޔާ މުދިމުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދިން ކަމަށް އައްޑޫ ސިޓީގެ މުދިމަކު ބުނެފި

ޤުނޫތު ނުކިޔާ މުދިމުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދިން ކަމަށް އައްޑޫ ސިޓީގެ މުދިމަކު ބުނެފި

ޤުނޫތު ނުކިޔާ މުދިމުންނާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުދިން ކަމަށް އައްޑޫ ސިޓީގެ މުދިމަކު ބުނެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އައްޑޫ ސިޓީ ހުޅުދޫގެ މިސްކިތެއް

ފަތިސްނަމާދުގައި ޤުނޫތު ނުކިޔައިފިނަމަ އެމުދިމަކާ މެދު ހަރުކަށި ފިޔަވަޅުއަޅައި ވަޒީފާއިން ވަކިކުރަންޖެހިދާނެކަމުގެ އިންޒާރު އައްޑޫސިޓީގެ ހުޅުމީދޫ ކައުންސިލުން ދިން ކަމަށް އެ ރަށު މުދިމަކު ބުނެފި އެވެ.

ހުޅުދޫ މުދިމަކު  "ސަން" އޮންލައިނަށް މިދިޔަ ހޮނިހިރު ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އައްޑޫ ސިޓީ ކައުންސިލުން އިސްލާމިކް މިނިސްޓްރީއާ ޙަވާލާދީ ނެރެފައިވާ ސާކިއުލާއެއްގައި ރޭގަނޑު ނަމާދުތަކުގައި ބާރަށް ބިސްމި ކިޔުމަށާ ފަތިސްނަމާދުގައި ޤުނޫތުކިޔަން އަންގާފައި އޮތްކަމަށެވެ. ނަމަވެސް ޤުނޫތަކީ އިޚްތިލާފީ މައްސަލައަކަށްވާތީ އެސާކިޔުލާގައި ޤުނޫތުކިޔަން މަޖްބޫރުކޮށްފައިވެސް ނުވާކަމަށެވެ. އޭނާ އިތުރަށް ބުނެފައިވަނީ ސާކިއުލާގައި އެގޮތަށް އޮއްވައި ވަގުތީގޮތުން ހުޅުމީދޫ ކައުންސިލާ ޙަވާލުވެ ހުރި އިބްރާހިމް ދީދީ މުދިމުންނަށް ޤުނޫތުކިޔަން މަޖްބޫރުކޮށްފައިވާކަމަށާއި ޤުނޫތުނުކިޔާ މުދިމުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުއަޅާނެކަމުގެ އިންޒާރުވެސް އަގަބަހުން ދިފައިވާކަމަށެވެ. އެހެންވެ ގިނަ މުދިމުން ވަޒީފާގެއްލިދާނެކަމުގެ ބިރަށް ޤުނޫތުކިޔަން އެއްބަސްވެ ސޮއިކޮށްފައިވާކަމަށެވެ.

މިކަމާގުޅޭގޮތުން ހުޅުމީދޫ ކައުންސިލް ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހިމް ދީދީ އެނޫހަށް ވިދާޅުވެފައި ވަނީ އެއްވެސް މުދިމަކާ ދޭތެރޭ ހަރުކަށި ފިޔަވަޅުއަޅާނެކަމަށް އޭނާ ބުނެފައިނުވާނެކަމަށާ މުދިމުންނާ ދޭތެރޭ ފިޔަވަޅުއަޅާނީ ސިޓީ ކައުންސިލުންކަމަށެވެ.

މިމައްސަލާގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ޞާދިޤް އަނޫހަށް ވިދާޅުވެފައިވަނީ އެބޭފުޅުން ޢަމަލުކުރައްވަމުން ގެންދަވަނީ އިސްލާމިކް މިނިސްޓްރީން އަންގަވާފައިވާ ގޮތަށް ކަމަށެވެ. އެއީ އަޑުހަރުކޮށް ބިސްމި ކިޔުންކަމަށާއި ޤުނޫތާމެދު ވަކިގޮތެއް ނިންމަފައިވާ ނުވާކަމަށެވެ. "އޭގައި އޮތީ މިސްކިތަށް އަރާ މީހުން ބޭނުން ވަނީ ގުނޫތު ކިޔަންވިއްޔާ ކިޔަން، ނުކިޔަންވިއްޔާ ނުކިޔަން" ކަމަށް ޞާދިޤު ވިދާޅުވެފައިވެއެވެ. އަދިވެސް އޭނާ ވިދާޅުވެފައިވަނީ ސިޓީކައުންސިލުން އަންގާފައިވާގޮތަށް ޢަމަލުނުކުރާ މުދިމުންނާ މެދު ސިވިލް ސާވިސްގެ ޤާނޫނުގެ ދަށުން ފިޔަވަޅު އަޅާނެކަމަށާއި ވަޒީފާ އިން ވަކިކުރަންޖެހިއްޖެނަމަ އެކަން ވެސް ކުރާނެ މަށެވެ.

______

މަޞްދަރު: ސަން އޮންލައިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.