ދިއިސްލާމް ކިންޑަރގަރޓަން ޓިއުޝަން ކުލާހުގެ އަހަރީ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

ކިންޑަރގަރޓަން ޓިއުޝަން ކުލާހުގެ އަހަރީ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

ކިންޑަރގަރޓަން ޓިއުޝަން ކުލާހުގެ އަހަރީ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކިންޑަރގަރޓަން ޓިއުޝަން ކުލާހުގެ 2011 ވަނަ އަހަރުގެ ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން – ދިއިސްލާމް ފޮޓޯ / އިސްލާއީލް އަފްރާހް

ކިންޑަރގަރޓަން ޓިއުޝަން ކްލާހުގެ މިއަހަރުގެ ސެޓްފިކެޓް ދިނުމުގެ ޙަފްލާ މިދިޔަ ހުކުރު ދުވަހުގެ ރޭ ބާއްވައިފި އެވެ.

ދަރުބާރުގޭގައި ބޭއްވި މި ރަސްމިއްޔާތުގައި އެ ކުލާހުގައި ކިޔަވާ ކުދިންނަށް ސެޓްފިކެޓާއި އިނާމު ޙަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނު މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ޗެއަރމަން ޙުސައިން ނިޒާރު އެވެ.

މުވައްޒަފުންނަށް ހަނދާނީ ލިޔުން އަދި އިނާމު ބައްސަވައިދެއްވީ ހިއުމަން ރިސޯސް މިނިސްޓްރީގެ ދަށުން ހިންގާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ (ޓިވެޓް) ގެ އެސިސްޓެންޓް އެގްޒެކެޓިވް  ޑިރެކްޓަރ މަރްޔަމް ނޫރައްދީން އެވެ.

އެކި ގްރޭޑްތަކުން އެންމެ ރަނގަޅު މުދައްރިސުންނަށާއި، ހާޒިރީން އެންމެ ރަނގަޅު މުވައްޒަފުންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އެކްޓިން ޑީން އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އެވެ.

މި ރަސްމިއްޔާތުގައި އެކުލާހުގެ މުދައްރިސުންނާއި، މުވައްޒަފުންގެ އިތުރުން ކުދިންގެ ބެލެނިވެރިން ބައިވެރިވެފައި ވެއެވެ. އަދި ކުދިންގެ ފަރާތުން ޚާއްޞަ އައިޓަމެއް ހުށައަޅާ ދީފައި ވެއެވެ.

ފޮޓޯ: ކިންޑާގާޓެން އަހަރީ އިނާމް ދިނުން 2011

ޓެގް

ކިންޑަރގަރޓަން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.