
ދިއިސްލާމް ފޮޓޯ: މުހައްމަދު ވަސީމް
"އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން" މި މައުޟޫއަށް ޝެއިޚް ފަރީދުގެ ދަރުސެއް ބާއްވަން ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓްގައި ހާމަކޮށްފައިވާގޮތުގައި "ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މި މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ދަށުން ބާއްވާ، ވަރަށް ޚާއްޞަ ދަރުސެއް 14 އޮކްޓޯބަރ 2011 ވާ ހުކުރު ދުވަހުގެ ރޭ ޢިޝާ ނަމާދަށްފަހު މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމުގައި އޮންނާނެ" ކަމަށާއި "މިދަރުސްދެއްވާނީ ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އަޙްމަދެވެ. މައުޟޫއަކީ "އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން" މިއެވެ. އަދި މީގެ އިތުރުން އިސްލާމިކް މިނިސްޓްރީއިން ވަނީ މިދަރުސްއަށް ވީހާވެސް ގިނަ ބަޔަކު ހާޒިރު ވުމަށް އިލްތިމާސް ކޮށްފައެވެ.
ޝެއިހް ފަރީދުގެ ދަރުސްއެއް އެންމެ ފަހުން އިސްލާމިކް މިނިސްޓްރީއިން ބާއްވާފައިވަނީ 21 ނޮވެމްބރ 2008 ގައެވެ. (ލިންކް)
ކޮމެންޓް (0)
ލޯޑް ކުރަމުން...