ދިއިސްލާމް ރާއްޖޭގެ އުފެއްދުންތަކަށް ޙާލާލު ސެޓްފިކެޓް ދޫކުރަން ތައްޔާރުވަނީ

ރާއްޖޭގެ އުފެއްދުންތަކަށް ޙާލާލު ސެޓްފިކެޓް ދޫކުރަން ތައްޔާރުވަނީ

ރާއްޖޭގެ އުފެއްދުންތަކަށް ޙާލާލު ސެޓްފިކެޓް ދޫކުރަން ތައްޔާރުވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގައި އުފައްދާ ބާވަތްތަކަށް ޙަލާލު ސެޓްފިކެޓެއް ދޫކުރަން ތައްޔާރުވަމުން އަންނަކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ އެސިސްޑެންޓް ޑިރެކްޓަރު ރިޔާޒު މަންޞޫރު "ހަވީރު" ނޫހަށް ވިދާޅުވެފައި ވަނީ "ޙަލާލް ސެޓްފިކެޓް ދޫކުރުމަށްޓަކައި ހަދަންޖެހޭ ގަވާޢިދު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި މިފަދަ ސެޓްފިކެޓެއްގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖޭގައި އުފައްދާ ބާވަތްތަކަކީ ހަލާލް އުފެއްދުންތަކެއްކަން ގަންނަ ފަރާތްތަކަށް ޔަގީންކޮށްދިނުން" ކަމަށެވެ. އަދި "މިފަދަ ސެޓްފިކެޓެއްގެ ސަބަބުން ރާއްޖޭގެ އުފެއްދުންތަކަށް އިތުރު މާކެޓުތަކެއް ހުޅުވިގެންދާނެ"ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވެފައި ވަނީ ހަލާލް ސެޓްފިކެޓާ ބެހޭ ގަވާއިދެއް ނެރުނު ނަމަވެސް މި ސެޓްފިކެޓް ހޯދުން މަޖުބޫރު ނުވާނެ ކަމަށާ ރާއްޖޭގައި ތަކެތި އުފައްދާ ފަރާތްތަކުގެ ތެރެއިން އެދިލެއްވި ފަރާތަކަށް ސެޓްފިކެޓް ދޫކުރެވޭނެކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން މި ގަވާއިދު ހަދަނީ އިސްލާމިކް މިނިސްޓްރީ އާއި އެމްއެފްޑީއޭ އަދި ހެލްތު މިނިސްޓްރީއާ ވެސް ގުޅިގެންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.