ދިއިސްލާމް އެޑްރޮއިޓް ޓިއުޓަރސް އިން ޢަރަބި ބަސް ދަސްކޮށްދޭ ކޯހެއް ފަށައިފި

އެޑްރޮއިޓް ޓިއުޓަރސް އިން ޢަރަބި ބަސް ދަސްކޮށްދޭ ކޯހެއް ފަށައިފި

އެޑްރޮއިޓް ޓިއުޓަރސް އިން ޢަރަބި ބަސް ދަސްކޮށްދޭ ކޯހެއް ފަށައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެޑްރޮއިޓް ޓިއުޓަރސް އިން ޢަރަބި ބަސް ދަސްކޮށްދޭ ކޯހެއް ރޭ ފަށައިފިއެވެ.

އެޑްރޮއިޓުން ދިއިސްލާމަށް މަޢުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ކޯހަކީ ޢަރަބި ބަސް ކުރިއަރުވައި އެބަސް ދަސްކޮށްދިނުމަށްޓަކައި ހިންގޭ 1 މަސް ދުވަހުގެ ކޯހެކެވެ. ރޭ ބާއްވާފައި ވަނީ މިކޯހުގެ ތަޢާރަފްގެ ބައްދަލުވުމުވެ.

ފިރިހެން ބޭފުޅުންނަށް ޚާއްޞަކޮށްގެން ހިންގާ މި ކޯހުގެ ކްލާސްތައް ފެއްޓުމަށް ހަމަޖެހިފައި ވަނީ އޮކްޓޯބަރ 12 ވާ އަންގާރަ ދުވަހުގެ ރެއެވެ. އޮފިޝަލް ވިދާޅުވީ މިކޯހުގައި 10 މީހުން މިހާތަނަށް ބައިވެރިވެފައިވާ ކަމަށާއި، ކްލާސްތައް ފަށާ ރޭ ކަމަށްވާ އަންގާރަ ދުވަހުގެ ރެއާ ހަމައަށް ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ކްލާހުގައި ޖާގަ އޮތް ވަރަކުން  ހުޅުވާލެވިފައިވާ ކަމަށެވެ.

މި ކޯހުގައި ކިޔަވާ ދެއްވަނީ އަރަބިއްޔާ ސްކޫލްގެ އުސްތާޛެއް ކަމަށްވާ ސޫދާންގެ އާސިމް އަލްބަދަވީ އެވެ. ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ އަރަބި ބަހުންނެވެ. އަދި އިނގިރޭސި ބަހުން ތަރުޖަމާ ކޮށްދޭނެ ކަމަށާއި ކިޔެވުން އޮންނާނީ ހަފްތާ އަކު 4 ރޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ކިޔަވާދެވޭނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީ އިން ތައްޔާރުކޮށްފައިވާ "ދުރޫސުއްލުއަތުލް ޢަރަބިއްޔާ" ސީރީސްގެ 1 ވަނަ ފޮތުންނެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ މެދުތެރޭގައި އަންހެން ބޭފުޅުންނަށް ޚާއްޞަ ޢަރަބި ކޯހެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެޑްރޮއިޓް ޓިއުޓަރސް އިން ހިންގާ ޢަރަބި ކޯހަކީ ސިލްސިލާ ގޮތެއްގައި ކުރިއަށް ދާނެ ކޯހެއް ކަމަށެވެ.

މި ކޯހާއި ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށާއި ކޯހުގައި ބައިވެރިވުމަށް އެދޭ ބޭފުޅުން ނަންބަރު 7707080 ނުވަތަ 7787792 ފޯނަށް ގުޅުއްވުމަށް އެޑްރޮއިޓުން އެދިލައްވައެވެ.

އެޑްރޮއިޓް ޓިއުޓަރސް ހުންނަނީ ދެވިނަމަގު މައްޗަން ގޯޅި ސަހަރާ ކައިރީގައި ހުންނަ މއ.ޑެލްފައި ގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.