ދިއިސްލާމް ދަސްވެނީންނަށް ވަޒީފާގެ ފުރުޞަތު ތަކާއި މެދު ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އިން އިސްލާމިކް މިނިސްޓްރީ އާއި ބައްދަލުކުރައްވައިފި!

ދަސްވެނީންނަށް ވަޒީފާގެ ފުރުޞަތު ތަކާއި މެދު ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އިން އިސްލާމިކް މިނިސްޓްރީ އާއި ބައްދަލުކުރައްވައިފި!

ދަސްވެނީންނަށް ވަޒީފާގެ ފުރުޞަތު ތަކާއި މެދު ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އިން އިސްލާމިކް މިނިސްޓްރީ އާއި ބައްދަލުކުރައްވައިފި!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ދައުރާގެ ތެރެއިން. ފޮޓޯ: ވަސީމް / ދިއިސްލާމް

ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް ގެ ދަސްވެނީންނަށް ހުރި ޥަޒީފާ ގެ ފުރުޞަތު ތަކާއި ދާއިރާ ތަކާއި މެދު އެ ފެކަލްޓީގެ އިސްބޭފުޅުން މިއަދު 2:30 ގައި އިސްލާމިކް މިނިސްޓްރީ އާއި ބައްދަލުކޮށް މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި ފެކަލްޓީގެ ޑީން އައްޝައިޚް ޢަލީ ޒާހިރު ބުނު ސަޢީދު ޤާސިމް އާއި އަދި 4 ލެކްޗަރަރ އިން ބައިވެރިވެލެއްވި އެވެ. މި ބައްދަލުވުމުގައި އިސްލާމިކް ފެކަލްޓީ އިން މަޝްވަރާ ކުރައްވާފައިވާ ކަންތަށް ތަކުގެ ތެރޭގައި އެ ފެކަލްޓީގެ ދަސްވެނީންނަށް އިމާމް ކަމުގެ ހުއްދަ އާއި އަދި މިނިސްޓްރި އާއި ގުޅުން ހުރި ދާއިރާ ތަކުގައި ހުރި ވަޒީފާތަކާއި، ޖަމާޢަތްތެރިކަމުގެ ހުއްދައާއި ހުކުރު ކުރުމުގެ ހުއްދަ ދެއްވުމާއި މި މި ކަންކަން ހިމެނެއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީ އިން ކުރައްވަމުން ގެންދަވާ ކަންކަމާއި މެދު ފެކަލްޓީގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޚާއްޞަ ދަންފަޅިއެއް ދެ މުއައްސަސާ ގުޅިގެން ހިންގުމަށް ވެސް ހަމަޖެހިފައިވާ ކަމުގައި ދި އިސްލާމް އަށް ޚަބަރުލިބިފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.