ދިއިސްލާމް ދެތިކިޕީއަށް މިހާރު 30 އަހަރު ވަނީއެވެ. (Emoticons)

ދެތިކިޕީއަށް މިހާރު 30 އަހަރު ވަނީއެވެ. (Emoticons)

ދެތިކިޕީއަށް މިހާރު 30 އަހަރު ވަނީއެވެ. (Emoticons)

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިން އާންމުކޮން ކިޔާ އުޅެނީ ދެތިކިޕީ އެވެ. ދެތިކިޕީ އޭބުނުމުން އެއީ ކޮން އެއްޗެއްކަން ނޭންގޭ މީހަކު ވަރަށް މަދުވާނެއެވެ. އެމޮޓް އައިކޮން (Emoticons) އެއީ ޗެޓްކުރާއިރު ބޭނުން ކުރާ އެމޯޝަން ތަކެކެވެ. އެއީ ލިޔާ މީހާގެ މޫޑު އަންގައިދިނުމަށް އާންމުކޮން ބޭނުން ކުރާ ނިޝާނެކެވެ. އުފާވެރި މޫނާއި، ރުޅިގަދަ މޫނާއި، ހިނިތުންވެފައިވާ މޫނާއި، ހިނިގަނޑު ފަޅައިގެން ގޮސްފައިވާ މޫނާއި މިހެން ވަރަށް ގިނަ އެމޯޝަން ތަކެވެ.

އެންމެ ފުރަތަމަ އެމޯޝަން ޗެޓްކުރުމުގައި ނުވަތަ އެހެންވެސް އީމެއިލް ޓެކްސްޓް އެއްގައި ބޭނުން ކުރެވުނީ މީގެ 29 ވަނަ އަހަރު ކުރިން، ކޮންޕިއުޓަރ ސައިންޓިސްޓެއްކަމަށްވާ ސްކޮޓް ފަހްލްމެން 19 ސެޕްޓެމްބަރ 1982 ގައެވެ. ފުރަތަމަ ބޭނުން ކޮއްފައިވަނީ ކޮލޮން (ދެތިކި)، ރޮނގުބުރި (ހައިފަން) ދެން ބުރެކެޓް އެކެވެ. (-: އެވެ. މިއީ އެންމެ ފުރަތަމަ އެންމެ ފަސޭހައިން އުފާވެރިކަން ނުވަތަ ހިނިތުންވުން ރަމްޒުކޮއްދިނުން އުފެދިގެން އައިގޮތެވެ. މިއީ ޕްލޭން ޓެކްސްއިން އެއިރުވެސް މިހާރުވެސް ބޭނުން ކުރަމުން އަންނަ ގޮތެވެ.

މިހާ އާދައިގެ ގޮތަކަށް ފެށިގެން އައިސް މިހާރު ކޮންޕިއުޓަރ ތަކުގައާއި ލެޕްޓޮޕް، ޓެބްލެޓް ތަކުގައި ބޭނުން ކުރެވެމުން އަންނީ މިގޮތަށެވެ. އެހެނަސް ތަރައްޤީ ވަމުންއައިސް ތަފާތު ކުލަތަކާއި ތަފާތު ވައްތަރުގެ އެމޯޝަންތަށް މިހާރަކަށްއައިސް ޗެޓް މާހައުލުން ފެންނަމުން ދެއެވެ. ކޮންމެ ޖުމްލައެއް ނިންމާލުމުން ދެތިކިޕީ ނުވަތަ ހެޕީފޭސް އަދި ދެރަވެފައިވާނަމަ ހިތާމަވެރި މޫނު ޖަހާލުމަކީ އާދައެކެވެ.

މޮބައިލްފޯނުތަކުންނާއި ގޭމްތަކުން ނުވަތަ ބަޔެއް ވެބްސައިޓްތަކުންނާއި ވެބް އެޕްލިކޭޝަންތަކުން ) "O  : ( -D  : P  މިފަދަ އަކުރުތަށް ބޭނުން ކޮއްގެން ޖަހާ މިފަދަ ކޯޑުތަކުން އަމިއްލައަށް އިމޭޖަކަށް ބަދަލުވާނެއެވެ. ކޮންމެ ކޯޑަކަށްވެސް ހުން ނަނީ ވަކި ކޯޑެއް ދީފައެވެ. :-)

List of emoticons

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.