އިސްލާމެއް ނޫންކަމަށް ބުނި ނާޒިމް އިސްލާމް ދީނަށް ރުޖޫއަވެއްޖެއެވެ.
މިއަދު މީޑިއާގެ ކުރިމަތީގައި މުހައްމަދު ނާޒިމް ބުނެފައިވާގޮތުގައި އޭނާއަކީ 'މުސްލިމެއް' ކަމަށާއި އޭނާއަށް ކުރެވުނު ކުށައް މައާފަށް އެދޭކަމެވެ. އަދި މީޑިއާ މެދުވެރިކޮށް އޭނާ ވަނީ ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމް ދީނަށް ރުޖޫއަވެފައެވެ.
ޑރ ޒާކިރު ނައިކްގެ ދަރުސްއެއްގައި އެތައް ހާސް ބަޔެއްގެ ކުރިމަތީގައި 'ތިމަންނަ އަކީ މުސްލިމެއް ނޫން' ކަމަށް ބުނި ނާޒިމް އަށް އިސްލާމިކް މިނިސްޓްރީއިން ވަނީ އޭނާއަށް އިސްލާމް ދީނާއި މެދު އޮތް ޝައްކުތައް ފިލުވައިދިނުމުގެ ގޮތުން އެތަކެއް މަސައްކަތެއް ކޮށްފައެވެ. ނާޒިމް ބުނާގޮތުގައި އޭނާ އިސްލާމްދީނާއި މެދު ކުރިން ކުރެވެމުން އައި ޝައްކުތައް މިހާރު އޮޅުން ފިލައިފިކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވާހަކަ ދެއްކެވި ޝެއިހް ފާރޫގް ވިދާޅުވީ 'އޭނާ އިސްލާމްވީ އެއްވެސް މަޖްބޫރު ކަމެއް ނެތި'ކަމުގައެވެ.
މުހައްމަދު ނާޒިމް މީޑިއާގެ ކުރިމަތީ ޝަހާދަތް ކިޔާ ވީޑިއޯ ވަރަށް އަވަހަށް ދިއިސްލާމްއަށް އަޕްލޯޑް ކުރެވޭނެއެވެ. އިންޝާﷲ

ކޮމެންޓް (0)
ލޯޑް ކުރަމުން...