ދިއިސްލާމް ފިއްލަދޫއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައި އޮތް ޔަހޫދީންގެ ދަތުރު ކެންސަލްކޮށްފި

ފިއްލަދޫއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައި އޮތް ޔަހޫދީންގެ ދަތުރު ކެންސަލްކޮށްފި

ފިއްލަދޫއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައި އޮތް ޔަހޫދީންގެ ދަތުރު ކެންސަލްކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ފޮޓޯ : ސަން

 

ދަނޑުވެރިކަމަށް އިންވެސްޓްކުރުމުގެ ނަމުގައި ހއ.ފިއްލަދޫއަށް ދާން ހަމަޖެހިފައި އޮތް އިޒްރޭލުގެ ޓެޝޫވާ އެގްރިކަލްޗްރަލް ޕްރޮޖެކްޓްސް ލިމިޓެޑްގެ ދަތުރު ފިއްލަދޫ ރައްޔަތުން ނުކުމެ އިޙްތިޖާޖްކުރުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.

އިޒްރޭލުގެ ޓީމު އިއްޔެ އެރަށަށް ދާނެކަމަށް ޤައުމީ އިދާރާއިން އަންގާފައި އޮތުމުން އިއްޔެ ހެނދުނުއްސުރެ ފިއްލަދޫގެ ރައްޔަތުން ގެންދިޔައީ ބަނދަރުމައްޗަށް ނުކުމެ އިޒްރޭލުގެ ޓީމާ ދެކޮޅު ލިޔުންތައް ލިޔެފައިވާ ބެނާތަކާ ބޯޑުތައް ހިފައިގެން  މުޒާހަރާކުރަމުންނެވެ.

މަތިއުތުރު ޕްރޮވިންސްގެ އޮފިޝަލަކު “ހަވީރު” ނޫހަށް މަޢުލޫމާތުދެއްވަމުން ވިދާޅުވެފައިވަނީ ދަތުރުގެ ޝެޑިއުލްވެސް ފޮނުވުމަށްފަހު އެގްރިކަލްޗަރު މިނިސްޓްރީން ދަތުރު ކެންސަލްކުރި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

އެގްރިކަލްޗަރު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޝާފިޢާ “ހަވީރަށް” މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އިޒްރޭލުގެ ބަޔަކު ރާއްޖޭގެ ދަނޑުވެރިކަމަށް އިންވެސްޓްކުރުމަށް އެދުނުކަމަށާ އެކަމަކު މިހާރު އެމީހުން ރާއްޖެ އައުމަށް ހަމަޖެހިފައި ނުވާކަމަށެވެ. އެޓީމު އަންނަގޮތަށް ހަމަޖެހިފައި ނެތީސް ދަތުރުގެ ޝެޑިޔުލް ފޮނުވީ ކީއްވެގެންތޯ އެނޫހުން ސުވާލުކުރުމުން ޝާފިޢާ ވިދާޅުވެފައިވަނީ “އެއީ އެބޭފުޅުންގެ ރޫޓިންގް މަސައްކަތުގެ ތެރެއިން ކުރި ކަމެއްކަމަށެވެ.”

ނަމަވެސް އޭގެ ކުރިން ހއ. އަތޮޅު ކައުންސިލުގެ ރައީސް ޔޫސުފް ސިރާޖް ސޮއިކުރައްވައި ފިއްލަދޫ ކައުންސިލަށް ފޮނުވާފައިވާ ލިޔުމުގައި އެގްރިކަލްޗަރ މިނިސްޓްރީ އާ ޙަވާލާދީ ބުނެފައިވަނީ ދަނޑުވެރިކަމަށް އިންވެސްޓްކުރުމަށް އަންނަ އިޒްރޭލުގެ ޓީމެއް ފިއްލަދޫއަށް ޒިޔާރަތްކުރާނެކަމަށާ އެމީހުންނާ ގުޅިގެން އިންވެސްޓްކުރަން  ބޭނުންވާ މީހުންނަށް އެފުރުޞަތު އޮތްކަމަށެވެ.

އިޒްރޭލުގެ މިޓީމު ފިއްލަދޫއަށް އަންނާނެ ކަމުގެ ޚަބަރު ލިބުމާއެކު އެރަށު ރައްޔަތުންވަނީ އެޓީމު ފިއްލަދުއަށް ނޭރުވުމަށް ނިންމާފައެވެ. އަދި ޢަދާލަތު ޕާޓިންވެސް ވަނީ މިޓީމު ދާން ހަމަޖެހިފައިވާ ރަށްރަށުގެ ރައްޔަތުންނަށް އެމީހުންނާ ދެކޮޅަށް އިޙްތިޖާޖްކުރުމަށް ގޮވާލާފައެވެ.

މިދަތުރު ކެންސަލް ކުރަންޖެހުނު ސަބަބެއް ސަރުކާރުން އަދި ހާމަކޮށްފައެއްނުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.