ދިއިސްލާމް "ދިސަލަފިއްޔާ" ގެ ނަމުގައި ދީނީ މަޢުލޫމާތަށް ޚާއްޞަ އާ ވެބްސައިޓެއް ވުޖޫދަށް އަތުވެއްޖެ

"ދިސަލަފިއްޔާ" ގެ ނަމުގައި ދީނީ މަޢުލޫމާތަށް ޚާއްޞަ އާ ވެބްސައިޓެއް ވުޖޫދަށް އަތުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިސަލަފިއްޔާ ވެބްސައިޓްގެ ސްކްރީންޝޮޓެއް

"ދިސަލަފިއްޔާ" ގެ ނަމުގައި ދީނީ މަޢުލޫމާތަށް ޚާއްޞަ އާ ވެބްސައިޓެއް ވުޖޫދަށް އަތުވެއްޖެއެވެ.

މި ވެބްސައިޓަކީ އައްޑޫ ސިޓީގެ ޒުވާނުންކޮޅެއް އިސްނަގައިގެން އުފެއްދި ވެބްސައިޓެކެވެ. "ދިސަލަފިއްޔާ" ހިންގުމުގައި އިސްކޮށް ހަރަކާތްރެވާ ޒުވާނަކު ދިއިސްލާމަށް މަޢުލޫމާތު ދިން ގޮތުގައި މި ވެބަސައިޓަކީ ހުރިހާ އުމުރުފުރައަކާވެސް ގުޅޭ ގޮތަށް އަމާޒްކޮށް، ޚާއްޞަކޮށް ޒުވާނުންނަށް އިސްކަންދީގެން، ދީނީ މަޢުލޫމަތަށް ޚާއްޞަކޮށް ބިނާވެގެން ކުރިއަށްދާނެ ސައިޓެކެވެ. އެގޮތުން ދީނީ ތަފާތު ދާއިރާތަކުގެ ގިނަގުނަ މަޢުލޫމާތު މި ސައިޓުން ލިބިގެންދާނެ ކަމަށް އޭނާ ބުންޏެވެ.

މި ވެބްސައިޓްގައި ހިމެނޭ ބައިތަކުގެ ތެރޭގައި ދީން، ޢާއްމު ލިޔުން، ޝަޚުޞިއްޔަތުތައް، ޢިބްރަތްތެރި ވާހަކަ، އުޚްތުން، ލައިބްރަރީ އަދި މަލްޓިމީޑިއާ ހިމެނެއެވެ. "ދިސަލަފިއްޔާ" ފަރުމާކުރީ ޢަލީ ޝެރީން އެވެ.

މި ވެބްސައިޓަށް މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި ކިޔަވާ ދަރިވަރުންގެ އެހީތެރިކަން ލިބެމުންދާ ކަމަށް "ދިސަލަފިއްޔާ" ގެ ފަރާތުން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.

"ދިސަލަފިއްޔާ" އަށް ޒިޔާރަތްކޮށްލައްވާ!

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.