
އިޒްރޭލުގެ ޒަޔަނިސްޓުންނާއި ދެކޮޅަށް މިދިޔަ އަހަރު ޑިސެމްބަރ 17 ގައި މާލޭގައި ބޭއްވި އެއްވުމުގެ ތެރެއިން - ދިއިސްލާމް ފައިލް ފޮޓޯ
މިމަހު ރާއްޖެ އައުމަށް ހަމަޖެހިފައިވާ އިޒްރޭލުގެ ޔަހޫދީންނާއި މެދު ސަމާލުވުމަށް ޢަދާލަތު ޕާޓީން އިލްތިމާސްކޮށްފިއެވެ.
މިކަމަށް އިލްތިމާސް ކޮށްފައިވަނީ އިޒްރޭލު ވަފުދުގެ ދަތުރު ހަމަޖެހިފައިވާ ގޮތް ހާމަ ކޮށް ޢަދާލަތުގެ ވެބްސައިޓްގައި މިދިޔަ ބުރާސްފަތި ދުވަހު ޢާއްމުކޮށްފައިވާ ލިޔުމެއްގައެވެ.
އެ ލިޔުމުގައިވާ ގޮތުން 24 ސެޕްޓެމްބަރ 2011 ވާ ހޮނިހިރު ދުވަހު ހެދުނު 7.40 ގައި އިޒްރޭލުގެ ޓީމް މާލެއިން ހަނިމާދުއަށް ދާން ފުރާނެއެވެ. އަދި އެދުވަހުގެ 8.40 ގައި ފިއްލަދު އާއި މާފަހި ބަލާ ފާސް ކުރުމަށް އެރަށްރަށަށް ދާނެއެވެ. އަދި މާލެ އައުމަށް ހަމަޖެހިފައިވަނީ އެރޭ 8.00 ގައެވެ.
އަދާލަތުން ތުހުމަތު ކުރާ ގޮތުގައި އިޒްރޭލުގެ މިޓީމަކީ އެގައުމުގެ ޖާސޫސީ އިދާރާ "މޮސާޑުގެ" ފަރާތުން ދިވެހި ރާއްޖޭގައި އަތްފުނާއަޅާ މި ޤައުމުގެ ބިމަށް ވެރިވެގަތުމަށް ރާވާފައިވާ ރޭވުމުގެ ދަށުން ކުރިއަށްދާ ދަތުރެކެވެ.
އަދި މިވަގުތު މިރަށް ރަށައް އެކަނި ދަތުރުތަށް ހަމަޖައްސާފައި ވީނަމަވެސް، އިތުރު ރައްރަށަށް ދަތުރުކުރުމަށްވަނީ ރާވާފައި ކަމަށް ވެއެވެ. އަދި މީހުން ދިރިއުޅޭ އިތުރު ރައްރަށަށް ދިއުމަށްޓަކައި އެރަށްރަށުގެ ކައުންސިލުތަކުން ރިކުއެސްޓްކުރުމަށްވެސް ސަރުކާރުން އެދެމުންދާކަމަށް އަދާލަތުން ބުނެއެވެ.
އިޒްރޭލުގެ ޒަޔަނިސްޓު ޔަހޫދީންނަކީ އެމީހުން ފިޔަވައި އެހެން އިންސާނުންނަކީ އިންސާނުންކަމަށް ނުދެކޭ ބައެއްކަމަށާއި ކުޑަކުދިން މެރުމާއި ޤަތުލުކުރުމުގެ އަނިޔާވެރި ޘަޤާފަތެއް ފަތުރަމުން ހިންގަމުން ގެންދާ ބައްކަން އަދާލަތުން ފާހަގަ ކޮށްފައިވެއެވެ.
ސަރުކާރުން އިޒްރޭލާއި ގުޅުން ބަދަހި ކުރަމުން ގެންދަނީ މުޅި ދުނިޔޭގައިވެސް ގިނަ މުސްލިމުން އިޒްރޭލާއި ދެކޮޅަށް އަޑު އުފުލަމުން ދާ ދުވަސް ވަރެއްގައި ކަން ގިނަބަޔަކު ފާހަގަ ކުރެއެވެ. އަދި ރާއްޖޭގައިވެސް އެގައުމާއި ގުޅުން ބަދަހި ކުރުމާދެކޮޅަށް ވަރަށް ބޮޑު އެއްވުމެއް ބޭއްވިކަން ވެސް ފާހަގަ ކޮއްލެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...