މިއަދު ހަވީރު ކިޔެވުމުގެ ސެޝަން ކުރިއަށް ދަނިކޮށް ހޭނެތިގެން އަޙްމަދިއްޔާ ސްކޫލްގެ 24 އަންހެން ދަރިވަރަކު އައިޖީއެމްއެޗް އަށް ގެންގޮސް ފަރުވާދީފިއެވެ.
އަޙްމަދިއްޔާގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދާއި ޙަވާލާދީ "ހަވީރު" ނޫހުން ބުނެފައިވާ ގޮތުގައި އެ ސްކޫލްގެ ގްރޭޑް 8 ގެ ދެ ކްލާހެއްގެ ގިނަ ދަރިވަރުންތަކެއް އަނބުރައިގަނެގެން ހޮސްޕިޓަލަށް ގެންދަން ޖެހުނީ މަންޒަރު ފެނުމުގެ ސަބަބުން "ޕެނިކް" ވެ ބިރުގަނެގެން ކަމަށާއި، ހުރިހާ ކުދިންގެ ހާލު ވެސް ފަހުން ރަނގަޅުވެފައިވާ ކަމަށެވެ.
މި ޙާދިޘާގައި އެންމެ ފުރަތަމަ ކުއްޖަކު ހޭނެތުނީ 16:30 ހާއިރު އެވެ. މިކުއްޖާ ބަލާ ފުލުހުންނާއި އެމްބިއުލާންސް ދިއުމުން އެ މަންޒަރު ފެނި، އިތުރު ކުދިންތަކެއް ހޭނެތިގެން ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި ބައެއް ކުދިންނަށް ސްކޫލްގެ ހޯލުތެރޭގައި ވެސް ފަރުވާ ދީފައިވެއެވެ.
_______
މަސްދަރު: "ހަވީރު" ނޫސް
ކޮމެންޓް (0)
ލޯޑް ކުރަމުން...