ދިއިސްލާމް ޝައިޚް އާދަމް ޝަމީމްގެ "މައައްޝަބާބް - ޒުވާނުންނާއެކު" ޕްރޮގްރާމް ސެޕްޓެމްބަރ 18 ވަނަ ދުވަހުގެ ރޭ

ޝައިޚް އާދަމް ޝަމީމްގެ "މައައްޝަބާބް - ޒުވާނުންނާއެކު" ޕްރޮގްރާމް ސެޕްޓެމްބަރ 18 ވަނަ ދުވަހުގެ ރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައްޝައިޚް އާދަމް ޝަމީމް

އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމްގެ "މައައްޝަބާބް - ޒުވާނުންނާއެކު" ޕްރޮގްރާމް ސެޕްޓެމްބަރ 18 ވާ އާދީއްތަ ދުވަހުގެ ރޭ ފުރުޤާން މިސްކިތުގައި ހުންނަ ޤުރުއާން ކްލާސް ރޫމްގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މި ޕްރޮގްރާމް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނަކު ދިއިސްލާމަށް މަޢުލޫމާތު ދިން ގޮތުގައި ޕްރޮގްރާމް އޮންނާނީ އެރޭ މަޣްރިބް ނަމާދަށް ފަހުއެވެ. "މައައްޝަބާބް" ޕްރޮގްރާމަކީ ޝައިޚް އާދަމް ޝަމީމް މެލޭޝިއާގައި ހުންނަވާ ސްކައިޕް މެދުވެރިކޮށް ޒުވާނުންނާއެކު ޓޯކް ޝޯއެއްގެ ގޮތުގައި ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާ ޒުވާނުންނަށް ޝައިޚް އާއި ސުވާލުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

ޝައިޚް އާދަމް ޝަމީމް ވަނީ 2003 ގައި މަދީނާ އިސްލާމިކް ޔިނިވަރސިޓީ އިން ބެޗްލަސް ޑިގްރީ (ބީއޭ) ޙާޞިލްކުރައްވާފައެވެ. އެއަށްފަހު 2009 ގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވާރސިޓީ މެލޭޝިއާ އިން މާސްޓަރސް (އެމްއޭ) ޙާޞިލްކުރައްވާފައި ވެއެވެ.  އަދި ހަމަ އެ ޔުނިވަރސިޓީގައި ޝައިޚް މިހާރު ކިޔަވާވިދާޅުވަމުން ގެންދަވަނީ "ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) އިން އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް (އުސޫލުއްދީން އެންޑް ކޮމްޕަރެޓިވް ރިލިޖަން)" އެވެ.

ޝައިޚް މެލޭޝިއާގައި ހުންނަވާ އިރު އެތަނުގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ކިޔަވާ ކުދިންނަށް ދަޢުވަތު ދިނުމުގައި އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައާއި ޔުނިވަރސިޓީއިން ބޭރުގައި ދީނީ ނަސޭހަތް ދެއްވަމުން ގެންދަވައެވެ.

މައައްޝަބާބް - ޒުވާނުންނާއެކު ފޭސްބުކް ޕޭޖް

ޝައިޚް އާދަމް ޝަމީމްގެ ފޭސްބުކް ޕޭޖް

ޝައިޚް އާދަމް ޝަމީމްގެ ވެބްސައިޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.