ދިއިސްލާމް މ. ޕީޔާޖީގޭގައި ހިނގި އަލިފާނުގެ ޙާދިޘާގައި ނިޔާވި ކުއްޖާގެ ކަށުނަމާދު ކުރުން މިރޭ އިޝާ ނަމާދަށްފަހު

މ. ޕީޔާޖީގޭގައި ހިނގި އަލިފާނުގެ ޙާދިޘާގައި ނިޔާވި ކުއްޖާގެ ކަށުނަމާދު ކުރުން މިރޭ އިޝާ ނަމާދަށްފަހު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިދިޔަ ހޯމަ ދުވަހު މ. ޕީޔާޖީގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހި، ފުއްޕާމެއަށް ދުމުގެ އަސަރު ކޮށްގެން ސީރިއަސް ހާލުގައި އޮވެ މިއަދު ހަވީރު ނިޔާވި މަޖީދިއްޔާ ސްކޫލްގެ ދަރިވަރު އަލީ ނިޔާޒްގެ މައްޗަށް ކަށުނަމާދު ކުރުން މިރޭ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އޮންނާނެ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު އާއި ޙަވާލާދީ ސަން އޮންލައިނުން ބުނާ ގޮތުގައި އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ނިޔާޒް މަރުވީ މިއަދު ހަވީރު 4:15 އެހާކަންހާއިރު ކަމަށެވެ. އަދި ނިޔާޒް މަރުވީ އޭނާ ނޭވާ ލަމުންދިޔަ މެޝިން ނުވަތަ ވެންޓިލޭޓާ ނެގުމުގެ ސަބަބުން ކަމަށާއި އެ ގޮތަކަށް ޑޮކްޓަރުން އަމަލު ކުރީ އާއިލާގެ ރުހުމާއެކު ކަމަށް ޒީނަތު ވިދާޅުވިއެވެ.

ނިޔާވި އިރު ނިޔާޒްގެ އުމުރަކީ 16 އަހަރެވެ.

ޕިޔާޖީގޭގައި ހިނގި ހާދިސާއާ ގުޅިގެން ނިޔާޒްގެ ޢާއިލާގެ އެހެން މީހަކަށް ފަރުވާދިނުމަށް ފަހު އެ ދުވަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލައިފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.