ދިއިސްލާމް މުޅި ޤައުމުގައި ހިތާމަ ފާޅުކުރަމުން ދަނިކޮށް، އައްޑޫ ސިޓީ ހިތަދޫގައި މެޓަލިކް މިއުޒިކް ޝޯ އެއް ބާއްވައިފި!

މުޅި ޤައުމުގައި ހިތާމަ ފާޅުކުރަމުން ދަނިކޮށް، އައްޑޫ ސިޓީ ހިތަދޫގައި މެޓަލިކް މިއުޒިކް ޝޯ އެއް ބާއްވައިފި!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މުޅި ޤައުމު ހިތާމަކުރަމުން ދިޔައިރު އައްޑޫ ސިޓީ ހިތަދޫގައި މިއުޒިކް ޝޯ ބާއްވަނީ – ފޮޓޯ: އައްޑޫ އޮންލައިން ނޫސް

މިދިޔަ ހުކުރު ދުވަހު ކ.ހުރާ އަށް ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ގޮސް އުޅެނިކޮށް ހިރިޔާ ސްކޫލްގެ ޕްރިންސިޕަލް ޢަލީ ނާޒިމް އާއި 4 ދަރިވަރަކު ނިޔާވި ހިތާމަވެރި ޙާދިޘާގެ ސަބަބުން މުޅި ރާއްޖޭގައި ހިތާމަ ފާޅުކުރަމުން ދަނިކޮށް، އެ ޙާދިޘާ ހިނގި ރޭ އައްޑޫ ސިޓީ ހިތަދޫގައި މެޓަލިކް މިއުޒިކް ޝޯ އެއް ބާއްވައިފި އެވެ.

މި ޝޯ ފަށާފައި ވަނީ  އެ ޙާދިޘާގައި ނިޔާވި މީހުންގެ ޖަނާޒާގެ ކަންތައްތައް އެރޭ ކުރިއަށް ދަނިކޮށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ރޭ 21:00 ން މެންދަމު 01:00 ހާއިރު ވަން ދެން އެރަށުގެ "ގްރީން ވެއަރ ހައުސް" ގައި މިއުޒިކް ޝޯ ކުރިއަށް ގެންގޮސްފައި ވެއެވެ. ޝޯ އިންތިޒާމް ކޮށްފައި ވަނީ އައްޑޫ ކޯޕަރޭޓިވް އެންޓަރޓައިންމެންޓް ސޮސައިޓީ އިންނެވެ.

"އެރައިޒް" ގެ ނަމުގައި ބޭއްވި މި ޝޯގައި ހެވީ މެޓަލް ބޭންޑެއް ކަމަށްވާ ޓްރެފިކް ޖޭމްގެ އިތުރުން 3 ބޭންޑެއްގެ ޙަރަކާތްތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

އެ ސިޓީގެ ކައުންސިލަރެއް ކަމަށްވާ ޙުސައިން ފަހުމީ އާއި ޙަވާލާދީ، އައްޑޫ އޮންލައިން ނޫހުން ބުނެފައި ވަނީ ޝޯއާމެދު ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެނޫހުން ބުނާ ގޮތުގައި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރ ޙަސަން ޝާހިދު ސިފަކުރައްވަނީ އެކަމަކީ "މޯރަލީ ޤަބޫލު ނުކުރެވޭނެ ކަމެއް" ކަމަށެވެ.

2004 ޑިސެމްބަރ 26 ގައި ރާއްޖެ އަށް ކުރިމަތިވި ސުނާމީގެ ކާރިޘާގައި ޙާލުގައި ޖެހުނު މީހުންނަށް އެހީވުމުގެ ނަމުގައި ފިލްމީ ތަރިންނާއި މިއުޒިކް ކުޅޭ މީހުންނާއި އެފަދަ "ފަންނާނުން" އެދުވަސްވަރުގައި މާލޭގައި މިއުޒިކާއި ނާޗަރަންގީގެ ޝޯތައް ބާއްވާފައި ވެއެވެ. އަދި މިއަހަރުގެ މާޗް 11 ގައި ޖަޕާނަށް ކުރިމަތިވި ބޮޑު ޒަލްޒަލާ އާއި ސުނާމީ ގައި ހާލުގައި ޖެހުނު މީހުންގެ ހިތާމައިގައި ބައިވެރިވެ، ޖަޕާނަށް އެހީފޯރުކޮށްދިނުމުގެ ނަމުގައި އެމަހުގެ ތެރޭގައި މިއުޒިކް ޝޯ އާއި ހިލޭ އަންހެނުންނާއި ފިރިހެނުން އެއްވެ ނާޗަރަންގީގެ ކުޅިވަރު ކުޅެފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.