ދިއިސްލާމް ކ.ހުރާ އަށް ތަޖުރިބާ ދަތުރެއްގައި ގޮސް އުޅެނިކޮށް ހިރިޔާ ސްކޫލްގެ ޕްރިންސިޕަލާއި 4 ދަރިވަރުން ނިޔާވެއްޖެ

ކ.ހުރާ އަށް ތަޖުރިބާ ދަތުރެއްގައި ގޮސް އުޅެނިކޮށް ހިރިޔާ ސްކޫލްގެ ޕްރިންސިޕަލާއި 4 ދަރިވަރުން ނިޔާވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހިރިޔާ ސްކޫލުގެ ޕްރިންސިޕަލާއި 4 ދަރިވަރުން ގެނބިގެން ނިޔާވުމާއި ގުޅިގެން އާސަހަރާ ދޮށަށް މީހުން ޖަމާވެފައި - ފޮޓޯ: ހަވީރު

މާލޭގެ ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް ފިޝަރީޒް ސައިންސް ޕްރޮޖެކްޓްގެ ފީލްޑް ޓްރިޕެއްގައި ކ.ހުރާ އަށް ގޮސް މޫދަށް އެރި އުޅުމުގެތެރޭގައި އެސްކޫލްގެ ޕްރިންސިޕަލާއި 4 ދަރިވަރުން ގެނބިގެން މިއަދު ހެނދުނު ނިޔާވެއްޖެއެވެ.

މީގެ ތެރެއިން 1 ކުއްޖަކު މިހާރު ވަނީ ޢާއިލާގެ އެދުމުގެ މަތިން މޯޗަރީގައި ބާއްވާފައެވެ. ޕްރިންސިޕަލާއި އަނެއް 3 ކުދިންގެ ޖަނާޒާ މިރޭގެ އިޝާ ނަމާދަށް ފަހު އިސްލާމީ މަރުކަޒްގައި ބާއްވަން މިހާރު ވަނީ ހަމަޖައްސާފައެވެ.

މި ހާދިޘާގައި ނިޔާވީ ސްކޫލުގެ ޕްރިންސިޕަލް ވ.ފެލިދޫ މޫނިމާގެ ޢަލީ ނާޒިމް އާއި 4 ދަރިވަރުން ކަމަށްވާ ގއ.ދއްވަދޫ މީނާޒް، ނިޝްއަތު ސަޢީދު، ހއ.ހޯރަފުށީ ސުވާސާގެ (ގއ.އޮއިވާލި)، މަރްޔަމް ނާޒް، ރ.ރަސްމާދޫ ހަނދުވަރީވިލާ (މ.ފެއަރީވިލާ)، އައިޝަތު ޝާނިހާ އަދި މ.މޮއިޝާ، މަރްޔަމް ޝައިޚާ އެވެ. މި 4 ކުދިންނަކީ އެސްކޫލްގެ ގްރޭޑް 9 ގައި ކިޔަވާ ކުދިންނެވެ. މިދަތުރުގައި ދިޔަ ކުދިންގެ ތެރެއިން 5 ކުއްޖަކަށް އައިޖީއެމްއެޗް ގައި ދަނީ ފަރުވާދެމުންނެވެ. މިކުދިންގެ ޙާލު ސީރިއަސް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ޕްރިންސިޕަލް ނިޔާވީ ކުދިންތައް ގެނބެމުން ދަނިކޮށް ސަލާމަތްކުރުމަށް އުޅުމުގެ ތެރޭގައި ކަމަށް ހުރާގެ މީހުންނާއި ޙަވާލާދީ "ހަވީރު" ނޫހުން ބުނެއެވެ. އޭރު ދަތުރުގައި ދިޔަ 32 ކުދިންވެސް ތިބީ މޫދުގައި ކަމަށާއި، ކޭމްޕް ސަރަހައްދު ކައިރީގައި އޮންނަ ފުންގަނޑަށް ދިޔައީ އަށެއްކަ ކުދިން ކަމަށް އެނޫހުން ބުނެއެވެ.

އެނޫހުން ބުނެފައި ވަނީ އެކުދިންގެ ތެރެއިން ބައެއް ކުދިން ގެނބެން ފެށުމުން ހަޅޭއްލަވަން ފެށުމާއެކު އޭރު ގޮނޑުދޮށުގައި ހުރި ނާޒިމް އެކުދިން ސަލާމަތް ކުރަން ދިޔަ ކަމަށާއި، ގެނެބެމުން ދިޔަ ކުދިން އޭނަގެ ގައިގައި އޮޅުލައިގަތުމުގެ ސަބަބުން ނާޒިމް އަޑިއަށް ދިޔައީ ކަމަށެވެ. މި ކޭމްޕް ދިޔައީ 32 ކުދިންނާއި އެކުދިންނާއި ޙަވާލުވެގެން ދިޔަ ނާޒިމްގެ އިތުރުން އަންހެން ޓީޗަރަކާއި ބިދޭސީ ޓީޗަރެއް ކަމަށް އެނޫހުން ބުނެއެވެ.

މިހާދިޘާ އާއި ގުޅިގެން މިހާރު ދަނީ ޤައުމީ ހިތާމަ ފާޅުކުރަމުންނެވެ. ސަރުކާރުންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ދަނީ ނިޔާވި މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ކިޔަމުންނެވެ.

ޓެގް

ހުރާ ހިރިޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.