ދިއިސްލާމް އިސްލާމިކް ފެއާ އަންނަ ހޮނިހިރު ދުވަހު

އިސްލާމިކް ފެއާ އަންނަ ހޮނިހިރު ދުވަހު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމިކް ފެއަރ 2010 ގައި މުސްޙަފްތަކެއް ދައްކާލަން ބަހައްޓާފައި. ދިއިސްލާމް ފައިލް ފޮޓޯ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިސްލާމިކް ފެއާ މިއަންނަ ހޮނިހިރު ދުވަހު ފަށާގޮތަށް ހަމަޖައްސައިފިއެވެ. ކުރިން މިފެއާ ފަށާގޮތަށް ހަމަޖައްސާފައި އޮތީ މިއަދުއެވެ.

އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ  އަޙްމަދުﷲ ޖަމީލް "ސަން" އޮންލައިނަށް މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި ފެއާ ފަސް ކުރަން ޖެހުނީ މިއަދު ފެއާ ފަށައިފިނަމަ މާދަމާގެ ހުކުރު ނަމާދަށް ފެއާގެ ސްޓޯލްތައް ހުސްކޮށް އަލުން ތަކެތި އެތުރުން އެއީ ވަރަށް ބޮޑު ދަތިކަމަކަށްވާނެތީއެވެ.

އަދިވެސް އެނޫހުގައިވާ ގޮތުން މިއަހަރުގެ ފެއާ އިސްލާމިކް މިނިސްޓްރީން ބާއްވަނީ އިންޑިއަން ހައިކޮމިޝަންގެ އެހީގައި އިންޑިއަން ކައުންސިލް އޮފް ކަލްޗަރަލް ރިލޭޝަންސް އިސްލާމްއާ ގުޅިގެންނެވެ. މިފަހަރުގެ ފެއާގައިވެސް އިސްލާމް ދީނާ ގުޅޭ ތާރީޚީ ތަފާތު ލިޔެކިޔުންތަކާއި ފޮޓޯތައް ހުންނާނެއެވެ. އަދި އޭގެ އިތުރުން ގެފުޅުގެ އެތެރެ ދައްކުވައިދޭ ނަމޫނާ މޮޑެލް އެއްވެސް ފެއާ އަށް ޒިޔާރަތްކުރާ މީހުންނަށް ދައްކާލަން ބަހައްޓާފައި ހުންނާނެކަމަށް މަޢުލޫމާތުލިބެއެވެ.

މިފެއާ ކުރިއަށްދާނީ މިމަހުގެ ބާރަ ވަނަ ދުވަހާ ހަމައަށެވެ. މިފެއާ އައްޑޫސިޓީ އާއި އުތުރުގެ ރަށެއްގައި މާލަސްތަކެއްނުވެ ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ގެންދަނީ މަސައްކަތްކުރަމުންނެވެ. މިއީ އިސްލާމިކް މިނިސްޓްރީން ބާއްވާ ހަތަރު ވަނަ ފެއާ އެވެ. މިހުރިހާ ފެއާ ތަކަކަށްވެސް ޢާންމުންގެ ވަރަށް ބޮޑު ތަރުޙީބެއް ވަނީ ލިބިފައެވެ.

ޓެގް

އިސްލާމިކް ފެއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.