ދިއިސްލާމް އަރަބިއްޔާ ސްކޫލް އިމާރާތް ކުރަން އެލްއެސް ކޮންސްޓްރަކްޝަނާއި ހަވާލުކުރުމަށް ނިންމައިފި

އަރަބިއްޔާ ސްކޫލް އިމާރާތް ކުރަން އެލްއެސް ކޮންސްޓްރަކްޝަނާއި ހަވާލުކުރުމަށް ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަރަބިއްޔާ އާ އިމާރާތުގެ ބިންސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނީ . ފޮޓޯ: އަފްރާހް / ދިއިސްލާމް.

ހަތްބުރީގެ އިމާރާތަކަށް ޑިޒައިންކޮށްފައިވާ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް އަނެއްކާވެސް އެހެން އާ ކުންފުންޏަކާއި ހަވާލުކުރުމަށް ނިންމައިފިއެވެ.

އަރަބިއްޔާ އިމާރާތުގެ މަސައްކަތާއި މީގެ ކުރިން ހަވާލުވި މާލާ ހައިރައިޒަންއިން މަސައްކަތް ހުއްޓާލީ ޑޮލަރުގެ އަގަށް ގެނައި ބަދަލާއި ގުޅިގެން ބޮޑު ގެއްލުމެއް ކުންފުންޏަށް ވާ ކަމަށް ބުނެއެވެ. އެ ކުންފުނިން 29 މިލިއަން ރުފިޔާ އަށް ކާމިޔާބު ކުރި މި މަސައްކަތް ހުއްޓާލި އިރު ނިމިފައިވަނީ ހަމައެކަނި ފައުންޑޭޝަންގެ މަސައްކަތެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޔޫސުފާއި ހަވާލީދީ ހަވީރު ނޫހުގައި ވާގޮތުން އަލަށް މަސައްކަތާއި ހަވާލުކުރެވޭ އެލްއެސް ކޮންސްޓްރަކްޝަނާއި ހަވާލުކުރެވެނީ އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިއްމުމަށް ކަމަށެވެ. އަލުން ބިޑަށްލައިގެން ހަ ކުންފުންޏަކުން ޝައުޤުވެރިކަން ފާޅު ކުރި އިރު ބިޑް ކާމިޔާބުކުރެވުނު އެލްއެސް އަށް ދެ ހަފްތާތެރޭ މަސައްކަތް ފެށޭވަރު ވާނެކަމަށް މުޙައްމަދު ޔޫސުފް ވިދާޅުވިއިރު އެގްރިމެންޓްގައި "ވަރަށް އަވަހަށް" ސޮއިކުރާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އަރަބިއްޔާ އިމާރާތް ކުރުމުގައި ސަރުކާރުގެ އަހައްމިޔަތު ކަމެއް ނެތް ކަމަށް ބުނެ ގިނަ ރައްޔިތުންގެ ތަފާތު ފާޑުކިޔުންތައް ތަކުރާރު ވަމުން ދާއިރު މީގެ ކުރިން އަންނަ ދިރާސީ އާ އަހަރު އާ އިމާރާތުގައި ކިޔެވުންފެށޭނެ ކަމަށް އެޑިއުކޭޝަނުން ލަފާ ކޮށްފައިވި ނަމަވެސް މިހާރު ލަފާ ކުރެވޭ ގޮތުން ކިޔެވުންފެށޭ ވަރުވާނީ އަންނަ އަހަރު މެދު ތެރޭގައި ކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

ޓެގް

ސްކޫލް އަރަބިއްޔާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.