ދީނީ އެއްބައިވަންތަކަމާ ބެހޭ ޤަވާއިދު ރައީސް އޮފީހަށް ގެޒެޓްކުރަން ފޮނުވުމުން ސަރުކާރުން ބޭނުންވާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށާއި އެހެންވުމާއެކު އެ ޤަވާއިދު ދިރާސާ ކުރަމުން އަންނަ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.ޢަބްދުލް މަޖީދު އަބްދުލް ބާރީ މިރޭ ވިދާޅުވެއްޖެ އެވެ.
ޑރ. މަޖީދު އާއި ޙަވާލާދީ "ސަން" އޮންލައިނުން ބުނެފައި ވަނީ އެ ޤަވާއިދަށް ގެނެސްފައިވާ ބަދަލުތައް ދިރާސާ ކުރުމަށްފަހުގައި ނޫނީ ގަވާއިދު ގެޒެޓް ކުރުމަށް "ރުހުން" ނުދެވޭނެ ކަމަށެވެ. ނަމަވެސް ޤަވާއިދަށް ސަރުކާރުން ގެނެސްފައިވަނީ ކޮން ބަދަލެއްކަން ޑރ. މަޖީދު ވިދާޅެއް ނުވާ ކަމަށް އެ ނޫހުން ބުނެއެވެ.
މީގެ ދޮޅު އަހަރު ކުރިން ގެޒެޓް ކުރުމަށް ފޮނުވި ޤަވާއިދު ރައީސް އޮފީހުން މިދިޔަ ހަފްތާގައި ގެޒެޓް ކުރާނެކަމަށް ކުރިން ވަނީ ބުނެފައެވެ. ނަމަވެސް ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު މިއަދު ވިދާޅުވީ މި ޤަވަޢިދު މުރާޖަޢާކޮށް، އެންމެ ފަހު ބަސް ހޯދަން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށެވެ.
މި ޤަވާއިދު ގެޒެޓް ކުރުމާއި މެދު ބައެއް ޖަމްޢިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޖަމްޢިއްޔަތުއްސލަފުން މިދިޔަ އޯގަސްޓް މަހުގު 18 ގައި ރައީސް ނަޝީދަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ އޭރަކު އެއޮންނަ ސަރުކާރެއްގެ ސިޔާސަތު ހިންގަވަން ތިއްބަވާ ވަކިބައެއްގެ ވިސްނުމުގެ މައްޗަށް ތައްޔާރުކުރާ ޤާނޫނުތަކާއި ޤަވާއިދުތައް ރައްޔިތުންގެ މައްޗަށް ލާޒިމުވެގެން ދިއުމީ ވަރަށް ބިރުހުރި އަދި ނުރައްކާތެރިކަމެއް ކަމަށެވެ. އަދި އިސްލާމްދީނަށް ލޯބިކުރާ ފަރާތްތަކަށް ދަތިކޮށް، އިސްލާމީ ރޮނގުން ދިވެހި މުޖްތަމަޢު ހޭލުންތެރި ކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ހުރަސް އެޅޭނޭހެން ޤަވާއިދު ބައްޓަންވެފައި އޮތުމަކީ ހަމަ އިހު ދިޔަ މަހުން ޤައުމުގެ މިސްރާބު ކަތިވެ، އިހުނަށްވުރެވެސް ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަން ލިބިދިނުމަށް އެކަށައެޅޭނޭ އެއްޗެއް ކަމުގައި ދެކޭ ކަމަށެވެ.
އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް މީގެ ކުރިން ބުނެފައި ވަނީ މި ޤަވައިދުގައި ދީނީ ކަންކަން ހަނިކުރުމަށް މަސައްކަތް ކުރެވިފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި ޤަވާއިދުގައި ބައެއް ފަރާތްތައް އެކަހެރިކުރުމަށް މަސައްކަތް ކޮށްފައިވާކަން އެޖަމިއްޔާއިން ކުރި ދިރާސާތަކުން އެނގޭ ކަމަށެވެ.
















ޑރ، މަޖީދު އަށް ސާބިތުކަން ދެއްވާށި. ރައިސް އޮފީހުގެ ގުއިރޯނުގެ ޑރ. މަޖީދު ޖެހިވަޑައިނުގަންނަވާށެވެ.
ދީނީ ކަންތައްތައް ހަވާލުކުރާނީ ދީނީ ޢިލްމުވެރިންނަށް ކަމަށާއި އެކަންކަމާ ތިމަންނާ ނުބެހޭނަމޭ ބުނި މީހާ ތިން އެޓާނީ ޖެނެރަލުން ފާސްކޮށް މައްސަލައެއް ނެތްކަމަށް ވިދާޅުވީމަވެސް ކަމުނުގޮސްގެން އެންމެ ފަހުން އިބުރާލައްވާ އެ ގަވައިދު ކޮށާ މަށާ ހެދީއެވެ. މައްސަލަ އެގިލައްވާ ތޯއެވެ. އެހެން ދީންތައް ފަތުރަން ޚިޔާލާއި ފިކުރުނެރޭ މީހުންނަށް ފުރުސަތު ހަނިވާތީއެވެ. ދައްކަވާ ވާހަކައާއި އަމަލާ ކިހާވަރަކަށް ދިމާވޭތޯއެވެ؟ ދިވެހިރައްޔިތުން ހޭލާނީ ކޮންދުވަހަކުން ބާވައޭ ހިތައް އަރައެވެ.