ދިއިސްލާމް ދޮންދޫނި ލިޓުލް ލާނާރސްގެ ފަރާތުން ފިޠުރު ޢީދު ފާހަގަކޮށްފި

ދޮންދޫނި ލިޓުލް ލާނާރސްގެ ފަރާތުން ފިޠުރު ޢީދު ފާހަގަކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދޮންދޫނި ލިޓުލް ލާނާރސް ޕްރީސްކޫލް ޓިއުޝަން ކުލާހުގެ ފަރާތުން 1432 ވަނަ އަހަރުގެ ފިޠުރު ޢީދު ފާހަނގަކުރުމަށް ބޭއްވި ޙަރަކާތުގެ ތެރެއިން - ފޮޓޯ : އަޝްވާޤް / ދިއިސްލާމް

ދޮންދޫނި ލިޓުލް ލާނާރސް ޕްރީސްކޫލް ޓިއުޝަން ކުލާހުގެ ފަރާތުން 1432 ވަނަ އަހަރުގެ ފިޠުރު ޢީދުގެ އުފާ ފާޅުކުރުމަށް އެތާނގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ޙަފްލާއެއް ބާއްވާއިފިއެވެ.

އިއްޔެ ހެނދުނު 8:30 ން 11:00 ށް މާފަންނު މަދަރުސާގައި ކުރިއަށް ދިޔަ މި ޙަފްލާގައި ދޮންދޫނި ޓިއުޝަން ކުލާހުގެ ދަރިވަރުންނާއި ބެލެނިވެރިން ބައިވެރިވެފައިވެއެވެ. އަދި ތަފާތު ކުޅިވަރުތައް ކުރިއަށް ގެންގޮސްފައިވެއެވެ.

ދޮންދޫނި ލިޓުލް ލާނާރސްގެ މަސްޢޫލުވެރިޔާ އައްޝައިޚު ޙަސަން މޫސާ ފިކުރީ ވިދާޅުވީ ޢީދުގެ އުފާ ފަޅުކުރުމަށް ސްކޫލުތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެ ހިންގާ ޙަރަކާތްތައް ރާއްޖޭގައި ޢީދު ދުވަހު ވަރަށް މަދުން ނޫނީ ނުބާއްވާ ކަމަށެވެ. އަދި ރާއްޖެ ފަދަ އިސްލާމީ ޤައުމެއްގައި މިފަދަ ދީނީ ޝިޢާރުތައް ފާޅުކުރުމަކީ ދަރިވަރުންގެ ހިތުގައި ދީނީ ރޫޙު އާލާވެ، ދީނަށް ލޯހުޅުވައިދޭ ކަމެއް ކަމަށާއި އެބޭފުޅުން އެދެނީ ހުރިހާ ސްކޫލަކުންވެސް މިފަދަ ޙަރަކާތްތައް ބޭއްވުމަށް ކަމަށް ޝައިޚް ފިކުރީ ވިދާޅުވިއެވެ.

ޓެގް

ފިޠުރު ޢީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.