ދިއިސްލާމް އިސްލާމީ މަރުކަޒުގައި ކުރެވޭ ފިޠުރު ޢީދު ނަމާދުގެ ޖަމާޢަތުގައި ގިނަ ބަޔަކަށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސަނީ

އިސްލާމީ މަރުކަޒުގައި ކުރެވޭ ފިޠުރު ޢީދު ނަމާދުގެ ޖަމާޢަތުގައި ގިނަ ބަޔަކަށް ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސަނީ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

1432 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދަށް އަންނަ މީހުންނަށް ފަސޭހަވާނޭ ގޮތަށް ގިނަ ބަޔަކަށް ޖަމާޢަތުގައި ނަމާދު ކުރުމުގެ ފުރުޞަތު ހޯދައި ދިނުމުގެ މަޤްޞަދުގައި އިސްލާމީ މަރުކަޒާއި، ސިފައިންގެ މައިމަރުކަޒާއި ދެމެދުގައި އޮންނަ މަގުގައާއި، މެދުޒިޔާރަތްމަގާއި، އަމީރު އަޙްމަދު މަގު އަދި ޖުމްހޫރީ މައިދާނުގައި ޢީދު ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނަރަލް އަޙްމަދުﷲ ޖަމީލް ވިދާޅުވީ އިސްލާމީ މަރުކަޒުން ފެށިގެން ޖުމްހޫރީ މައިދާނުގައި އެއް ނަމްބަރު ޖެޓީއާ ހަމައަށް ސަތަރި ފަތުރާނެ ކަމަށާއި، ބައެއް ސަރަޙައްދުތަކުގައި ކުނާ ފަތުރައި އަންހެނުންނާއި ފިރިހެނުން ނަމާދުކުރުމަށް ވަކި ސަރަޙައްދުތަކެއް ޚާއްޞަކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އަންހެނުންނަށް ދިރާގާ ވީ ފަޅިން ފެށިގެން ގޮސް މުންނާރު ސަރަޙައްދާއި ޤައުމީ ލައިބްރަރީ ކުރިމަތީގައި ނަމާދުކުރެވޭނެ ކަމަށާއި، ފިރިހެނުންނަށް ސިފައިންގެ މަރުކަޒް ހުރި ފަޅީގައި ނަމާދުކުރެވޭނެ ކަމަށެވެ.

އަންހެން ބޭފުޅުންނަށް ޚާއްޞަކޮށްފައިވާ ސަރަޙައްދަށް ފިރިހެން ބޭފުޅުން ވަޑައިނުގަތުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

މިއަހަރުގެ ފިޠުރު ޢީދު ނަމާދު މާލޭ ސިޓީގެ އަވަށްތަކުގެ 20 މިސްކިތެއްގައި ކުރެވޭނެ އިންތިޒާމް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސަވާފައެވެ.

އެމިސްކިތްތަކަކީ :

މީގެ ތެރެއިން 14 މިސްކިތެއްގައި އަންހެން ބޭފުޅުންނަށް ޢީދު ނަމާދު ކުރެވޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

އެމިސްކިތްތަކަކީ :

މިދިޔަ އަހަރުގެ ފިޠުރު ޢީދު ނަމާދު ނަމާދުގެ ޖަމާޢާތަކީ މިހާތަނަށް ރާއްޖޭގައި ހެދި ނަމާދުގެ އެންމެ ބޮޑު ޖަމާޢަތް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ޖަމާޢަތުގައި ގާތްގަނޑަކަށް 17,000 ފިރިހެނުންނާއި 2,500 އަންހެނުން ބައިވެރިވެފައިވާ ކަމަށް ބެލެވެއެވެ.

ޢީދު ނަމާދުކުރަން ފެށުމަށް ހަމަޖެހިފައިވާ ގަޑި އަކީ ހެނދުނު 7:30 އެވެ.

_______

މަސްދަރު : "ހަވީރު" ނޫސް  އަދި އިސްލާމިކް މިސްޓްރީގެ ވެބްސައިޓް

ޓެގް

ފިޠުރު ޢީދު ނަމާދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.