ރާއްޖޭގެ ޚަބަރު ދީނީ އެއްބައިވަންތަކަމުގެ ޤަވާއިދު ގެޒެޓްގައި ޝާއިއު ނުކުރުމަށް އިސްލާމިކް ފައުންޑޭޝަންއިން ސަރުކާރަށް ގޮވާލައިފި

ދީނީ އެއްބައިވަންތަކަމުގެ ޤަވާއިދު ގެޒެޓްގައި ޝާއިއު ނުކުރުމަށް އިސްލާމިކް ފައުންޑޭޝަންއިން ސަރުކާރަށް ގޮވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ދީނީ އެއްބައިވަންތަކަމުގެ ޤަވާއިދު ގެޒެޓްގައި ޝާއިއު ނުކުރުމަށް އިސްލާމިކް ފައުންޑޭޝަން އިން ސަރުކާރަށް ގޮވާލައިފިއެވެ.

އިސްލާމިކް ފައުންޑޭޝަން އިން މިފަދަ މޭރުމަކުން ސަރުކާރަށް ގޮވާލީ އެޖަމިއްޔާއިން ސަރުކާރަށް ފޮނުވާފައިވާ ސިޓީއެއްގައެވެ. އެސިޓީގައި އިސްލާމިކް އެފެއާޒްއިން ނެރެފައިވާ ދީނީ އެއްބައިވަންތަކަމުގެ ޤަވާއިދުގައިވާ 6 ކަމެއް އިސްލާހުކޮށްފައިނޫނީ ގެޒެޓުގައި ޝާއިއު ނުކުރުމަށް އެޖަމިއްޔާއިން ސަރުކާރަށް ވަނީ އެދިފައެވެ.

ސިޓީގައިވާގޮތުގައި 'ޤަވާއިދުގެ 16 މާއްދާގެ ށ. ގެ 2 ވަނަ ނުކުތާ އުމުރުން 25 އަހަރު ފުރިފައިވާ މީހެއްކަމުގައި ވުމަށް އޮތް އޮތުމާއި އެޤަވާއިދުގެ 16 ވަނަ މާއްދާގެ ށ. ގެ 4 ވަނަ ނުކުތާ ގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާއި ބެހޭ ޤާނޫނާއި ޚިލާފު އަމަލެއް ހިންގިކަން ޝަރީއަތައް ސާބިތުވެފައިވާ މީހެއްކަމަށް ނުވުން'ކަމަށް އޮތް އޮތުން ޤާނޫނު އަސާސީއާއި ފުށުއަރާކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް އިން ހާމަކުރައްވައެވެ. މީގެ އިތުރުން ޤަވާއިދުގެ 19 ވަނަ މާއްދާ އާއި 27 ވަނަ މާއްދާގެ 2 ވަނަ ނުކުތާ އާއި ހަމަ އެމާއްދާގެ 4 ވަނަ ނުކުތާ އިތުރުން 38 ވަނަ މާއްދާވެސް ދިވެހިރާއްޖެ ޤާނޫނު އަސާސީ އާއި ޚިލާފުކަމަށް އެޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.

ދިޓީވީގެ ހަބަރު ގަޑީގައި ދައްކާފައިވާ އިންޓަވިއުއެއްގައި އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އިބްރާހިމް ފައުޒީ ހާމަކޮށްފައިވާގޮތުގައި 'ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާއި ބެހޭ ޤަވައިދުގައި ދީނީ ކަންކަން ހަނިކުރުމަށް މަސައކަތް ކުރެވިފައިވާކަން ފާހަގަ ކުރެވޭ'ކަމަށާއި 'ޤަވައިދުގައި ބައެއް ފަރާތްތައް އެކަހެރިކުރުމަށް މަސައްކަތް ކޮށްފައިވާކަން އެޖަމިއްޔާއިން ކުރި ދިރާސާތަކުން އެނގޭ'ކަމަށެވެ.

އިސްލާމިކް އެފެއާރޒް މިނިސްޓްރީއިން މިޤަވައިދުގައި މައްސަލައެއް ނުހުންނާނެކަމަށް ވިދާޅުވެފައިވާއިރު އަދި އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސްއިން މިޤަވައިދަށް ފާޑު ކިޔާފައިވާއިރު އެޤަވައިދު ގެޒެޓުގައި ޝާއިޢު ކުރެއްވުމުގެ ކުރިން ބައްލަވާލައްވަންޖެހޭ ބައެއް ކަންކަން އެބަހުރިކަމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ.

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.