
ފުލުހުންގެ އިސްކަންދަރު ބިލްޑިންގގައި ހުންނަ މަސްޖިދުލް ޢަދުލު / ލިޔުނީ : އަޙްމަދު އަމީން މުޙައްމަދު
މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް އަމާޒްކޮށްގެން މިރޭ ޚާއްޞަ ދަރުސެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދަރުސަކީ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން އެ މުއައްސަސާގެ ޕްރޮފެޝަނަލް ސްޓޭންޑަރޑް ޑައިރެކްޓަރޭޓް އިން އިންތިޒާމްކުރައްވައިގެން ބާއްވާ ދަރުސެކެވެ. މިރޭ 21:00 ގައި އިސްކަންދަރު ބިލްޑިންގގެ މަލްޓިޕާރޕަސް ހޯލުގައި މި ދަރުސް ދެއްވާނީ ޑރ. އިބްރާޙިމް ޒަކަރިއްޔާ މޫސާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ޚާއްޞަ ދަރުސަށް ޑިއުޓީގައި އުޅޭ މުވައްޒަފުން ފިޔަވާ ހުރިހާ މުވައްޒަފުން ހާޟިރުވުމަށް އަންގަވާފައިވާ ކަމަށް ޚަބަރު ލިބެއެވެ.
މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ފުލުހުންނަށް އަމާޒުކޮށްގެން ދަރުސްތަކެއް ބާއްވާފައި ވެއެވެ. އަދި ރޯދަމަސް ނޫން މަސްމަހުވެސް މިފަދަ ދަރުސްތައް އެމުއައްސަސާގައި ބާއްވަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެގޮތުން ފުލުހުންނަށް އަމާޒްކޮށްގެން ދަރުސްތައް ދެއްވާފައިވާ ޢިލްމުވެރިންގެ ތެރޭގައި ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ، އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް މުހައްމަދު ޝަހީމް ޢަލީ ސަޢީދު، އައްޝައިޚް އަޙްމަދު ސަމީރު އަދި އައްޝައިޚް ޢަލީ ޒާހިރު އަބްދުލް މަންނާން ފަދަ ފުންނާބުއުސް ޢިލްމުވެރިން ހިމެނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...