ދިއިސްލާމް ފޮޓޯ އެންމެ އުސް ޢިމާރާތް ކުރުމުގެ ވާދަވެރިކަން.

އެންމެ އުސް ޢިމާރާތް ކުރުމުގެ ވާދަވެރިކަން.

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މަސްދަރު: ރާއްޖެއިސްލާމް ނިއުސްޓީމް

ދުނިޔޭގެ އެންމެ އުސް ޓަވަރު ހެދުމަށް ސައޫދީ ޢަރަބިއްޔާއިން މަސައްކަތްފަށައިފިއެވެ. ޕްރިންސް އަލްވަލީދު ބިން ޠަލާލް ފެށި މި މަޝްރޫޢުގެދަށުން 1000 މީޓަރަށްވުރެ އުސް ޓަވަރެއް ހެދުމަށް ރާވާފައިވެއެވެ. މި ޓަވަރުހެދުމަށް ރާވާފައިވަނީ ބުރުޖް ޚަލީފާ ޓަވަރަށްވުރެ 173 މީޓަރު އުސްކޮށެވެ.
ސައޫދީގެ ބިލިއަނަރު އަލްވަލީދު ބިން ޠަލާލް ހާމަކުރިގޮތުގައި މިހާރު ހުރި ދުނިޔޭގެ އެންމެ އުސް ޓަވަރުކަމަށްވާ ބުރުޖް ޚަލީފާގެ ރެކޯޑު މުގުރާލުމުގެ މަސައްކަތް ވަރަށްއަވަހަށް ފެށޭނެއެވެ. ޓަވަރު ހެދުމަށް 1.2 ބިލިއަންޑޮލަރުގެ އެއްބަސްވުމެއްގައި ވަރަށް އަވަހަށް ސޮއެ ކުރާނެކަމަށްވެސް ޠަލާލް ހާމަކުރިއެވެ. ޓަވަރު ހެދުމަށް ހަމަޖެހިފައިވަނީ ޖިއްދާގައެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ޥަސައްލަމް ޣަދީޘްކުރައްވަނީ:
«وَحَتَّى يَتَطَاوَلَ النَّاسُ فِي الْبُنْيَانِ» البخاري
"މީސްތަކުން އުސް އިމާރާތްކުރުމަށް ދާންދެން ޤިޔާމަތް ނުވާހުއްޓެވެ."

ޓެގް

ޢީމާރާތް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.