ރާއްޖޭގެ ޚަބަރު ޝައިޚް ޠައްޔިބުގެ ސިލްސިލާ ދަރުސްތަކެއް ފުރުޤާން މިސްކިތުގައި ފަށައިފި

ޝައިޚް ޠައްޔިބުގެ ސިލްސިލާ ދަރުސްތަކެއް ފުރުޤާން މިސްކިތުގައި ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ހަބީބު

ވަރަށް ގިނަ ޒުވާނުންތަކެއްގެ އެދުމުގެ މަތިން، ޢައްޝައިޚް މުޙައްމަދު ޠައްޔިބު ޢަބުދުލް ޙަކީމްގެ ސިލްސިލާ ދަރުސްތަކެއް، މަސްޖިދިލް ފުރުޤާންގައި ފަށައިފިއެވެ.

ރޭ އިޝާނަމާދައްފަހު، ފުރުޤާން މިސްކިތުގައި ބޭއްވި ފުރަތަމަ ދަރުސްގައި ބޭއްވި މަޢުލޫއަކީ "ﷲ މަޢުރިފާކޮށް ދެނަގަތުމެވެ." އަދި ރޭގެ މިދަރުސްވަނީ ވީޑިއޯވެސް ވަނީ ކުރެވިފައެވެ.  ކޮންމެ ހަފުތާއެއްގެވެސް ހޯމަ ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހު، މިދަރުސް ކުރިއަށް ގެންދާނެކަމަށް، މިދަރުސް އިންތިޒާމުކުރާ ޒުވާނުންގެ ފަރާތުން ވާހަކަ ދެއްކި ޒުވާނަކު ބުންޏެވެ.

މިފަހަކަށް އައިސް ދީނަށް ލޯބިކުރާ ޒުވާނުންގެ އިސްނަގައިގެން ތަފާތު ދަރުސްތައް، ތަފާތު މިސްކިތްތަކުގައި ދަނީ ބާއްވަމުންނެވެ. މިކަމުގެ ހެޔޮ ނަތީޖާ ދަނީ ދިވެހި މުޖުތަމައުން ފެންނަމުންނެވެ.

ޓެގް

ދަރުސް ވީޑިއޯ ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.