29 ޖެނުއަރީ 2010ގައި ބޭއްވުނު އައްޝައިޚް އިލްޔާސް ޙުސައިންގެ 'ސުވަރުގެ އެދޭމީހާއަށް' މިސީޑީ ރާއްޖޭގެ ރެކޯޑު އަދަދަކަށް ވިކިއްޖެއެވެ. މިދަރުސަކީ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބަލަން ޚާޒިރުވިދަރުސެކެވެ. އަދި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޓީވީ އާއި ރޭޑިޔޯ މެދުވެރިކޮށް އަޑުއަހާ، ބަލާފައިވާ ދަރުސެކެވެ.
ލަވަސީޑީތަކާއި، ފިލުމު ތަކަށް ގޮންޖަހާލުމަށްފަހު، 'ސުވަރުގެ އެދޭމީހާއަށް' މިސީޑީގެ 12000 ވުރެގިނަ ސީޑީ ވިކިފައިވާކަމަށް ޢަދާލަތު ޕާޓީއިން މަޢުލޫމާތުދެއެވެ. މިހާތަނަށް ލަވަ ސީޑީއެއް ނުވަތަ ފިލުމު ސީޑީއެއް ވިކިފައިވަނީ އެންމެފަހުން އޮލިމްޕަހުގައި ދެއްކި ފިލުމު 'ދިންވޭނުގެ ހިތާމައިގައި' މިފިލުމުގެ ލަވަ ސީޑިއެވެ. އެސީޑީގެވެސް ވިކިފައިވަނީ އެންމެ 3000 ސީޑިއެވެ.
މިފަހަކަށްއައިސް ލަވަސީޑީ ތަކާއި ފިލްމުތަކަށް ވުރެން ދީނީ ދަރުސްތައް ބަލަމުންދާކަން މިއީ ފަހަނގަކޮށްލެވޭ ކަމެކެވެ. މިކަމަކީ ދިވެހި ހާއްޖޭގެ ޢިލުމުވެރިން ކުރަމުންދާ މަސައްކަތް ކާމިޔާބު ވަމުންދާކަމުގެ ފުރިހަމަ ހެއްކެކެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...