މިއަހަރުވެސް ރޭޑއޯ އެޓޯލްއިން 'ކީރިތި ރަސޫލާ صلى الله عليه وسلمގެ 'ސިޔަރަތު' ފޮނުވަން ފަށައިފިއެވެ.
ރަމަޟާން މަހު ހާއްސަކޮށްގެން ގެނެސްދޭ 'ކީރިތި ރަސޫލާ صلى الله عليه وسلمގެ ސިޔަރަތު' މިއަހަރުވެސް ފޮނުވަނީ ކޮންމެ ދުވަހެއްގެ މެންދުރު 2.00 އިން 3.00 އަށްކަމަށް ރޭޑިއޯ އެޓޯލްއިން ހާމަކުރެއެވެ. ޝެއިހް އުސްމާން އަބްދުﷲ ތަރުޖަމާ ކުރައްވާފައިވާ މިސިޔަރަތަކީ ރާބިތަތުލް އާލަމީން އިސްލާމިއްޔާއިން މުޅި ދުނިޔޭއަށް ހުޅުވާލައިގެން ބޭއްވި މުބާރާތަކުން އެއްވަނަ އަށް ގޮސްފައިވާ ސިޔަރަތުގައިވާ 'އައްރަހީޤުލް މަހްތޫމް' އެވެ. މިސިޔަރަތުގެ އަސްލު ލިޔުއްވީ އިންޑިއާގެ ބޭފުޅެއްކަމުގައިވާ އަލް މުބާރަކް ޕޫރީ އެވެ.
ރޭޑިއޯ އެޓޯލްއިން ކޮންމެ ދުވަހަކު ފޮނުވަމުންދާ 'ސިޔަރަތު' ދިވެހިބަހުން ވިދާޅުވެފައިވަނީ އަބްދުއްރަހްމާން ހުސެއިން އެވެ. ރޭޑިއޯ އެޓޯލް އެފްއެމް 96.00 ގެ އިތުރުން ރޭޑިއޯ އެޓޯލްގެ ވެބްސައިޓުން އަޑުއަހާލެވޭނެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...