ފޭސްބުކް ‘ލައިކް’ ބަޓަން ގިނަ ވެބްސައިޓްތަކުގައި ވަކި ހިއްޕާލައިފިއެވެ.
ދުނިޔޭގެ މިހާރު އެންމެ މަޝްހޫރު ސޯޝަލް ނެޓްވޯކްކަމުގައިވާ ‘ފޭސްބުކް’ގައި ދާދިފަހުން ތައާރަފްކުރި ‘ލައިކް’ ބަޓަން ވެގެން ދިޔައީ ގިނަ ބަޔަކަށް ‘ލައިކް’ ވުމަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.
‘ލައިކް’ ބަޓަން އަކީ ވެބްސައިޓްތަކުގައި ޕަބްލިޝްކުރެވޭ އާރޓިކަލްތަކަށް ‘ކަމުދޭތޯ ނުވަތަ ކަމުނުދޭތޯ’ ބެލުމަށް ލާފައިވާ ބަޓަން އެކެވެ. އެބަޓަން އަށް ކްލިކް ކޮށްލުމުން އެޔޫސާރ އެއްގެ ނިއުސް ފީޑްއެއްގެ ގޮތުގައި ޕްރޮފައިލްއަށް އެކު ކުރެވިގެންދެއެވެ. އަދި އެއާރޓިކަލްއެއްގައިވާ ‘ލައިކް’ބަޓަން ކައިރީގައި އެޔޫސާރ އެއްގައި ފޮޓޯ ފެންނަގޮތަށް އެކު ކުރެވެއެވެ.
ފޭސްބުކްގެ ފައުންޑާރ ހާމަކުރާގޮތުގައި ‘ލައިކް ބަޓަން ލޯންޗް ކުރުމާއި އެކު 1 ބިލިއަން ލައިކް ބަޓަން 24 ގަޑިއިރުގެ ތެރޭގައި ފޯރުކޮށްދެވޭނެކަމަށް އުންމީދު ކުރެވޭ’ކަމަށެވެ.
ފޭސްބުކް ލައިކް ބަޓަން މަޝްހޫރު އެތަކެއް ވެބްސައިޓެއްގައި މިހާރު ފެނިގެންދެއެވެ. އޭގެތެރޭގައި ސީއެންއެން.ކޮމް، އެމްއެސްއެންބީސީ.ކޮމް، އައިއެމްޑީބީ.ކޮމް އަދި ސީބީއެސްނިއުސް.ކޮމް ހިމެނެއެވެ.
ފޭސްބުކްއަށް މިއަމުނާލި އިތުރު ބޮޅުގެ ސަބަބުން ގިނަ ބަޔަކަށް ފޭސްބުކްގެ މަގްބޫލުކަން އިތުރުވާނެކަމަށް ތަޖްރިބާކާރުން ލަފާކުރެއެވެ.
ދިއިސްލާމްގައިވެސް ‘ލައިކް ބަޓަން’ ވަނީ ހިމަނާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...