
ޝައިޚް އާދަމް ޝަމީމް ރޭ ށ.ކަނޑިތީމްގައި ދަރުސް ދެއްވަނީ - ފޮޓޯ : ކަނޑިތީމް އޮންލައިން / ލިޔުނީ : ޙަސަން ޝިޔާޒް
ޝައިޚް އާދަމް ޝަމީމް ހއ، ހދ. އަދި ށ.އަތޮޅަށް ދަރުސް ދެއްވުމަށްޓަކައި ޖޫން 12 ން 20 ށް ކުރައްވާ ދަތުރުފުޅުގައި މިރޭ ށ.ބިލެތްފަހީ ގައި ޚާއްޞަ ދަރުސެއް ދެއްވުމަށް ހަމަޖެހިއްޖެއެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދަރުސް އޮންނާނީ މިރޭ 21:00 ގައި އެރަށު ޕްރީ ސްކޫލް ހޯލް ގައެވެ.
މި ދަރުސް އިންތިޒާމްކުރަނީ އެރަށުގެ ޖަމްޢިއްޔާ އެއް ކަމަށްވާ "އެސޯސިއޭޝަން ފޯރ ބިލެތްފަހި ޔޫތް ޑިވެލޮޕްމަންޓް" އާއި ޒުވާނުން ގުޅިގެންނެވެ.
ޝައިޚް ޝަމީމް ވަނީ އިއްޔެ ހަވީރު ށ.ކަނޑިތީމްގައި ހުންނަ ށ.އަތޮޅު މަދަރުސާގެ ދަރިވަރުންނަށް ޚާއްޞަކޮށް ދަރުސް ދެއްވުމުގެ އިތުރުން ރޭ އެރަށު ރައްޔިތުންނަށް ޚާއްޞަ ދަރުސެއް ދެއްވާފައެވެ. މިދިޔަ ހޯމަ ދުވަހުގެ ރޭ ހދ.ކުޅުދުއްފުށީ ގައި އަދި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހދ.ހަނިމާދޫގައި ވެސް ޝައިޚް ޝަމީމް ދަރުސް ދެއްވާފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...