ދަރުސް ޚަބަރު ޝައިޚް އާދަމް ޝަމީމް ހއ، ހދ. އަދި ށ.އަތޮޅަށް ދަރުސް ދެއްވުމަށް ކުރައްވާ ދަތުރުފުޅު : މިރޭ ށ.ކަނޑިތީމް ގައި ޚާއްޞަ ދަރުސެއް

ޝައިޚް އާދަމް ޝަމީމް ހއ، ހދ. އަދި ށ.އަތޮޅަށް ދަރުސް ދެއްވުމަށް ކުރައްވާ ދަތުރުފުޅު : މިރޭ ށ.ކަނޑިތީމް ގައި ޚާއްޞަ ދަރުސެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : ޙަސަން ޝިޔާޒް

ޝައިޚް އާދަމް ޝަމީމް ހއ، ހދ. އަދި ށ.އަތޮޅަށް ދަރުސް ދެއްވުމަށްޓަކައި ޖޫން 12 ން 20 ށް ކުރައްވާ ދަތުރުފުޅުގައި މިރޭ ށ.ކަނޑިތީމް ގައި ޚާއްޞަ ދަރުސެއް ދެއްވުމަށް ހަމަޖެހިއްޖެއެވެ.

މިދަރުސް އިންތިޒާމްކުރުމުގައި އިސްކޮށް ޙަރަކާތްތެރިވާ ކަނޑިތީމްގެ ޒުވާނަކު ދިއިސްލާމަށް މަޢުލޫމާތު ދިން ގޮތުގައި "ނަމާދު" މިމައުޟޫއަށް ޝައިޚް ޝަމީމް ދެއްވާ ދަރުސް އޮންނާނީ މިރޭ 20:45 ގައި އެރަށު ސްޓޭޖް ސަރަޙައްދުގައެވެ.

މިދަރުސް ރޭޑިއޯ އެޓޯލް 96 އެފް.އެމް އިން ލައިވް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި ދަރުސް އިންތިޒާމްކުރަނީ ކަނޑިތީމް ޒުވާނުން ކޮޅެއް އިސްނަގައިގެންނެވެ.

ޝައިޚް ޝަމީމްގެ ޚާއްޞަ ދަރުސެއް ރޭ ހދ.ކުޅުދުއްފުށީ ގައި އަދި އިއްޔެ ރޭ ހދ.ހަނިމާދޫގައި ވަނީ ބާއްވާފައެވެ.

ޝައިޚް އާދަމް ޝަމީމްގެ ފޭސްބުކް ޕޭޖް

ޝައިޚް އާދަމް ޝަމީމްގެ ވެބްސައިޓް

ޓެގް

ދަރުސް، ޝައިޚް އާދަމް ޝަމީމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.