ރާއްޖޭގެ ޚަބަރު އަންހެނުންނާއި ފިރިހެނުން މަސްހުނި ގޮތުގައި ޑީޖޭގެ ސްޓައިލަށް ރައީސުލްޖުމްހޫރިއްޔާ ނެއްޓެވުމަކީ ޤައުމުގެ ވެރިކަމުގެ ކަރާމަތް ވެއްޔާއި މޮޑެލުން : ޢަދާލަތު

އަންހެނުންނާއި ފިރިހެނުން މަސްހުނި ގޮތުގައި ޑީޖޭގެ ސްޓައިލަށް ރައީސުލްޖުމްހޫރިއްޔާ ނެއްޓެވުމަކީ ޤައުމުގެ ވެރިކަމުގެ ކަރާމަތް ވެއްޔާއި މޮޑެލުން : ޢަދާލަތު

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އއ.ތޮއްޑޫގައި އެމް.ޑީ.ޕީ އިން ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ނައްޓަވަނީ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އއ. ތޮއްޑޫގައި ބޭއްވި އެމް.ޑީ.ޕީ ޖަލްސާގައި އަންހެނުންނާއި ފިރިހެނުން މަސްހުނި ގޮތުގައި ޑީޖޭ ގެ ސްޓައިލަށް ރައީސުލްޖުމްހޫރިއްޔާ ނެއްޓެވުމަކީ އިސްލާމީ ޙުދޫދުތަކާއި، އަޚްލާޤީ މިންގަޑުތަކާއި އަދި ދިވެހި ޤައުމުގެ ވެރިކަމުގެ ކަރާމަތް ވެއްޔާއި މޮޑެލުން ކަމުގައި ޢަދާލާތު ޕާޓީން ބުނެފިއެވެ.

އިއްޔެ އެޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ރީކޯ މޫސާ މަނިކާއި، އެމް.ޑީ.ޕީ އާއި އަދި ސަރުކާރުގެ ބައެއް އިސްވެރިންގެ ކިބައިން ފެނިގެން ދިޔަ ސުލޫކީގޮތުން ދަށްފެންވަރުގެ މަންޒަރު ތަކަކީ އެކަމާއިމެދު މުޅި ދިވެހި ޤައުމު ލަދުން އިސްޖަހާލަން ޖެހޭފަދަ ކަމެއް ކަމަށެވެ. "އެބޭފުޅުން އެދެއްކެވީ، ޤައުމުގެ ދަރީންނަށް ނަމޫނާ ދައްކަވަން ތިބި ގައުމުގެ އިސްވެރީންގެ ކިބައިން ދިވެހި ރައްޔަތުން ދެކެން ފަހަރެއްގައިވެސް ބޭނުންވާނޭ ފަދަ ޢަމަލުތަކެއް ނޫންކަން ޔަޤީނެވެ. އެ ޢަމަލުތަކަކީ ނާތަހުޒީބު، ޒިންމާދާރުކަން ކުޑަ ޢަމަލުތަކެއްކަމުގައި ދެކެމެވެ." ޢަދާލަތުން ބުނެފައިވެއެވެ.

އިތުރަށް ޢަދާލަތުން ބުނެފައިވަނީ ރިޝްވަތާއި އަދި އެކިއެކި ނުފޫޒުގެ ބޭނުންކޮށްގެން ތިމާމެންގެ ޕާޓީއަށް ބައިގިނަ ވުމަކީ ނަޞްރެއްކަމުގައި ދެކެ، އެކަން ފާހަނގަކުރުމުގެ ގޮތުން ޕާޓީ ބާއްވައި، މުޅި ޤައުމުގެ ކުރިމަތީގައި ނަށައި، ލަވަޔާއި ނާޗަރަންގީ ކުޅެގެން ޤައުމު އިސްލާޙެއް ނުކުރެވޭނެ ކަމަށެވެ.

"ޤައުމު ތަކުގެ ވެރީންނަކީ ރައްޔިތުންނަށް ނަމޫނާއަކަށްވަން ޖެހޭ ބައެކެވެ. އެބޭފުޅުންނަކީ އެބޭފުޅުންގެ މަޤާމުގެ ގޮތުން، ވަރަށް އަބުރުވެރި ގޮތެއްގައި އުޅުއްވަން ލާޒިމު ވެފައިވާ ބައެކެވެ. ޣައިރު މުސްލިމު ޤައުމުތަކުގެ ރައީސުންނާއި އިސް ވެރިންވެސް ޕަބްލިކް ޓީވީގައި ނަށައި ނާޗަރަންގީ ކުޅުމުގައި ބައިވެރިވާ ތަނެއް އަޅުގަނޑުމެންނެއް ނުދެކެމެވެ. އެބޭފުޅުންގެ ޤައުމުގެ އަބުރާއި ޢިއްޒަތް އެބޭފުޅުންވެސް ހިފަހައްޓަވައެވެ. ނަމަވެސް މި ސައްތަ އިން ސައްތަ މުސްލިމް ޤައުމުގެ ވެރިންގެ ކިބައިން ފެނިގެން މިދިޔަ އަޚުލާޤީ އަދި ސުލޫކީ ގޮތުން ދަށްފެންވަރުގެ މަންޒަރު ތަކުން އެބޭފުޅުންނަކީ އިސްލާމީ ޤައުމެއްގެ އެންމެ މަތީ ވެރިކަމާއި ކުފޫ ހަމަވެގެންވާ ބައެއް ކަމާއިމެދު ސުވާލު އުފެދެއެވެ." ޢަދާލަތުން ބުނެފައިވެއެވެ.

މީގެ އިތުރުން ޢަދާލަތުން ބަޔާން ކޮށްފައިވަނީ ދިވެހި ރާއްޖޭގެ ސިޔާސީ ލަގަން މިހާރު ބަދަލުވެގެން މިދަނީ އެމް.ޑީ.ޕީގެ ޚުދުމުޚުތާރު، ލާދީނީ ވެރިކަމަކާއި ދިމާލަށްކަންވެސް ރައްޔިތުންނަށް ހަނދާންކޮށް އަރުވާ ކަމަށެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހާމަވެގެންދިޔައީ އެބައިމީހުންގެ ޙަޤީޤީ ސިފަ ކަމާއި، ކުރިމަގުގައި ފާޅުވެގެން ހިނގައިދާނެ "ބޮޑު މަންޒަރަކަށް" ކުރިމަތިލެއްވުމުގައި ދީނާއި އަދި ޤައުމަށް ވަފާތެރި ދިވެހި ދަރީން ޘާބިތުވެ ތިއްބެވުމަށްވެސް ޢަދާލަތުން ވަނީ ގޮވާލާފައެވެ. އަދި ޕާޓީގެ ޢަޞަބިއްޔަތަށްވުރެ ދީނާއި ޤައުމުގެ މަޞްލަޙަތާއި ލޯތްބާއި އަދި ވަފާތެރިކަން ކުރިޔަށް ނެރުއްވުމަށްވެސް އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޢަދާލަތުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެރޭ ޖަލްސާގައި މިއުޒިކް ބޭންޑްގައި މިއުޒިކް ކުޅެ ރީކޯ މޫސަ ލަވަ ކިއުމުން ރައީސް ނަޝީދު ނެއްޓެވި މަންޒަރު ވަނީ ޓީ.ވީ މެދުވެރިކޮށް ވަޤުތުން ދުރަށް ފޮނުވާފައެވެ. އެމް.ޑީ.ޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރ މާރިއާ އަޙްމަދު ދީދީ ވެސް ވަނީ އެންމެންގެ ކުރިމަތީގައި ލަވަ ކިޔާފައެވެ. ރައީސް ނަޝީދު އަންހެނުންނާއި މަސްހުނިވެ ނައްޓަވާތަން ފެންނަ ފޮޓޯތައް މީގެ ކުރިންވެސް އިންޓަނެޓްގައި ވަނީ ޢާއްމުވެފައެވެ.

ރައީސް ނަޝީދު ނައްޓަވާ މަންޒަރު ކުރިންވެސް އިންޓަނެޓްގައި ވަނީ ޢާއްމުވެފައި

ރައީސް ނަޝީދު ނައްޓަވާ މަންޒަރު ކުރިންވެސް އިންޓަނެޓްގައި ވަނީ ޢާއްމުވެފައި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އއ.ތޮއްޑޫގައި އެމް.ޑީ.ޕީ އިން ބޭއްވި ޖަލްސާގައި އެމް.ޑީ.ޕީ އަށް ނިޞްބަތްވާ މާލޭ ސިޓީގެ ކައުންސިލަރުން ކަމަށްވާ ލުފްޝާން ޝަކީބް އާއި ޖަންބު ޙަސަން އަފީފް ނައްޓަވަނީ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އއ.ތޮއްޑޫގައި އެމް.ޑީ.ޕީ އިން ބޭއްވި ޖަލްސާގައި އެމް.ޑީ.ޕީ އަށް ނިޞްބަތްވާ ބޭފުޅުން ލަވަ ވިދާޅުވަނީ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އއ.ތޮއްޑޫގައި އެމް.ޑީ.ޕީ އިން ބޭއްވި ޖަލްސާގައި އެމް.ޑީ.ޕީ އަށް ނިޞްބަތްވާ ބޭފުޅުން ޝައިޠާނީ ނިޝާން ބޭނުންކުރަނީ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އއ.ތޮއްޑޫގައި އެމް.ޑީ.ޕީ އިން ބޭއްވި ޖަލްސާގައި އެމް.ޑީ.ޕީ އަށް ނިޞްބަތްވާ ބޭފުޅުން ޝައިޠާނީ ނިޝާން ބޭނުންކުރަނީ

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އއ.ތޮއްޑޫގައި އެމް.ޑީ.ޕީ އިން ބޭއްވި ޖަލްސާގައި މިއުޒިކް ކުޅެ ލަވަކިޔާ ނަޝާ ނާޗަރަންގީ ކުޅެމުންދާ މީހުންނަށް ރައީސް ނަޝީދާއި އެހެން ބޭފުޅުން ތަރުހީބު ދެއްވަނީ

ޓެގް

ލާދީނީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.