ޝައިޚް އާދަމް ޝަމީމްގެ ޚާއްޞަ ދަރުސްތަކެއް ދ. އަތޮޅު ތިން ރަށެއްގައި ރެއިން ފެށިގެން ކުރިއަށް އެބަދެއެވެ.
ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިގޮތުން ރޭ 20:45 ހާއިރު ދ. މާއެނބޫދޫ ސްޓޭޖް ސަރަޙައްދުގައި ދަރުސެއް ސުވާލާއި ޖަވާބު ސެޝަނަކާއެކު ބާއްވާފައިވެއެވެ. އަދި މިރޭ 20:45 ގައި ކުޑަހުވަދޫ ސްކޫލް ގޯތިތެރޭގައި ދަރުސެއް ސުވާލާއި ޖަވާބު ސެޝަނަކާއެކު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ ކުޑަހުވަދޫ ޞިއްދީޤް މިސްކިތުގައި ޝައިޚް ޝަމީމް ހުކުރު ޚުޠުބާ ދެއްވާނެއެވެ. މީގެ އިތުރުން މާދަމާ ރޭ 20:45 ގައި މީދޫ ގައި ދަރުސެއް ސުވާލާއި ޖަވާބު ސެޝަނަކާއެކު އޮންނާނެއެވެ.
މި ދަރުސްތައް އިންތިޒާމް ކުރަނީ ކުޑަހުވަދޫ ޖަމްޢިއްޔާ އެއް ކަމުގައިވާ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީގެ ފަރާތުންނެވެ. ޝައިޚް ޝަމީމްގެ މިދަތުރު އިންތިޒާމް ކުރުމުގައި ކުޑަހުވަދޫ ދާއިރާގެ އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކާއި، ވިލުރީފް ރިސޯޓްގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ އިން ފާހަނގަކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...