އިޒްރޭލުގެ ގައުމީ އެއާލައިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމުގެ އިޝާރާތެއް އިޒްރޭލުން ކޮށްފިއެވެ.
އިޒްރޭލުގެ ކަމާއިބެހޭ ފަރާތްތަކުން 'އެއާރޕޯޓްގެ ސަލާމަތީ ކަންތައްތައް ހުރިނެތް ގޮތް ބަލާފައިވާކަމަށް' ސިވިލް އޭވިއޭޝަން މިނިސްޓާރ އާއި ހަވާލާދީ ހަވީރު ނޫހުންވަނީ ހާމަކޮށްފައެވެ. އިޒްރޭލުގެ ގައުމީ އެއާރލައިންކަމުގައިވާ 'އިލް އާލް'ގެ ދަތުރުތައް ފެށުމުގެ ކުރިން ބަލަންޖެހޭ ކަންކަން ބަލަމުންދާއިރު ދިވެހިރާއްޖެއާއި އިޒްރޭލާއި ދެމެދު ގާތް ގުޅުމެއް ފެށުނިންސުރެ ދަނީ ބާއްވަމުންނެވެ.
އިޒްރޭލުން ރާއްޖޭގައި ފްލައިޓް އޮޕަރޭޓްކުރުމުގެ އަމަލީ މަސައްކަތް ނުފެށިކަމުގައިވިޔަސް އަދި ޕްރޮޕޯސަލް ހުށައަޅާފައިނުވިނަމަވެސް ކައިރި މުސްތަގުބަލެއްގައި އިޒްރޭލުގެ އެއާރލައިނުން ރާއްޖެއަށް އުދުހުންތައް ފަށާނެކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...