ދަރުސް ޚަބަރު ކުޑަކުދިންގެ ޚާއްޞަ ހަވީރާއި ޝައިޚް އާދަމް ޝަމީމްގެ "ޒުވާނުންނަށް" ދަރުސް ޖޫން 3 ގައި

ކުޑަކުދިންގެ ޚާއްޞަ ހަވީރާއި ޝައިޚް އާދަމް ޝަމީމްގެ "ޒުވާނުންނަށް" ދަރުސް ޖޫން 3 ގައި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުޑަކުދިންގެ ހަވީރާއި ޝައިޚް އާދަމް ޝަމީމްގެ "ޒުވާނުންނަށް" ދަރުސްގެ ޕޯސްޓަރ / ލިޔުނީ: ޝިޔާޒް

ދިވެހި ޒުވާނުންތަކެއް އިންތިޒާމްކޮށްގެން ޖޫން 3 ވާ ހުކުރު ދުވަހު ކުޑަކުދިންގެ ޚާއްޞަ ހަވީރެއް އަދި އެރޭ ޝައިޚް އާދަމް ޝަމީމްގެ ޚާއްޞަ ދަރުސެއް ހެންވޭރު އަޑި ޕާކް ގައި (ސުނާމީ ބިނާ ކައިރީގައި) ބާއްވަން ހަމަޖައްސައިފިއެވެ.

މިއިވެންޓް އިންތިޒާމްކުރުމުގައި އިސްކޮށް އުޅޭ ޒުވާނަކު ދިއިސްލާމަށް މަޢުލޫމާތު ދިން ގޮތުގައި އެ ދުވަހު 16:15 ން 17:45 ށް ބާއްވާ ހަވީރުގައި ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރު އައިޓަމްތަކާއި ދީނީ ނަޞޭހަތް ދިނުން އޮންނާނެއެވެ. މިގޮތުން ދީނީ ނަޞޭހަތް ދެއްވުމަށް މިހާރު ހަމަޖެހިފައިވަނީ ޝައިޚް އަޙްމަދު ސަމީރު އާއި ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އާއި ޢަބްދުއްސަލާމް އެވެ.

އޭނާ ބުނީ ކުޅިވަރު އައިޓަމްތަކުގެ ތެރޭގައި މަސްބޭނުން، ތީރު ޖެހުން، ބޯލިންގ، ދަޅު ވެއްޓުން، އެޑްވެންޗަރަސް ހޮހޮޅަ ފަދަ އައިޓަމްތަކުގެ އިތުރުންވެސް އެހެން ކުޅިވަރުތައް ހިމެނޭނެ ކަމަށެވެ.

އަދި ސްޓޭޖް މަތީގައި ރޭޑިއޯ އެޓޯލްގެ "ބަގީޗާ" ޕްރޮގްރާމް ލައިވްކޮށް ދުރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ހާމަކުރެއެވެ. މިގޮތުން ޤުރްއާން ކިޔެވުމާއި، މަދަހަ ކިއުމާއި، ވާހަކަ ކިޔުން ފަދަ ޙަރަކާތްތަކުގައި ކުދިންނަށް ބައިވެރިވުމުގެ ފުރުޞަތު އޮންނާނެއެވެ.

އޭނާ ބުނި ގޮތުގައި މި ހަވީރުގެ މަޤްޞަދަކީ ކުޑަކުދިން ކުޅިވަރުގެ ޙަރަކާތްތަކުގެ ތެރެއިން ދީނަށް ލޯބިކުރުން އުފެއްދުމާއި، ސްކޫލް ކުދިންގެ ޗުއްޓީ އާއި ދިމާކޮށް ދީނީ އިމުގެ ތެރޭގައި އެކުދިންނަށް އުފާވެރި ވަޤުތުތަކެއް ހޭދަކުރުމަށް ފުރުޞަތު ހޯދައިދިނުން ކަމަށެވެ.

"ޒުވާނުންނަށް" މިމައުޟޫއަށް ޝައިޚް އާދަމް ޝަމީމް ދެއްވާ ޚާއްޞަ ދަރުސް އޮންނާނީ އެރޭ 20:30 ގައި ހަމަ އެތަނުގައެވެ.

ކުޑަކުދިންގެ ހަވީރާއި މިދަރުސް ކުރިއަށް ދާއިރު އެތަނުގައި ކެންޓީނުގެ އިތުރުން ދީނީ ފޮތާއި ސީޑީ ފަދަ ތަކެތި ލިބޭނެ ސްޓޯލް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

މި އިވެންޓްތައް އިންތިޒާމް ކުރަނީ ކިންޑަގާޓަން ޕްރީސްކޫލް، ރޭޑިއޯ އެޓޯލް، ޖަމްޢިއްޔަތުއްސަލަފް، މުސްލިމުންގެ ގުޅުން އަދި ޕީސް ފައުންޑޭޝަންގެ އެހީތެރިކަމާއެކުގައެވެ.

ޓެގް

ދަރުސް، ޝައިޚް އާދަމް ޝަމީމް ކުޑަކުދިންގެ ހަވީރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.