ޝައިޚް އާދަމް ޝަމީމްގެ ޚާއްޞަ ދަރުސެއް ގދ. ފިޔޯރީގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެރަށުގެ ޚަބަރުތައް ގެނެސްދޭ ފިޔޯރީ.ކޮމް އިން ހާމަކުރާ ގޮތުގައި މިދަރުސް އޮންނާނީ މިއަދު ހަވީރު 16:00 ގައި ފިޔޯރީ ސްކޫލްގައެވެ. މިދަރުސް އިންތިޒާމް ކުރަނީ ފިޔޯރީގެ ޒުވާނުންކޮޅެއް އިސްނަގައިގެންނެވެ.
އެ އަތޮޅު ތިނަދޫގެ ޒުވާނުންކޮޅެއް އިންތިޒާމްކޮށްގެން ރޭ ތިނަދޫ އާބާދީ މަރުކަޒްގައި ވެސް ވަނީ ޝައިޚް ޝަމީމްގެ ދަރުސެއް ސުވާލާއި ޖަވާބު ސެޝަނަކާއެކު ބާއްވާފައެވެ. އަދި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ މަޣްރިބް ނަމާދަށްފަހު ތިނަދޫ މަސްޖިދުއްތަޤްވާގައި ވެސް ވަނީ ދަރުސެއް ބާއްވާފައެވެ.
ޝައިޚް ޝަމީމް ގދ. އަތޮޅަށް ދުރުވީ މިމަހު 28 ވަނަ ދުވަހު އެވެ. އަދި އެނބުރި މާލެ ދުރުވުމަށް ހަމަޖެހިފައިވަނީ ޖޫން 1 ގައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...