އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް ގޮވާލާ މާދަމާ މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ހަމަޖެހިފައިވާކަމަށް އެމުޒާހަރާ އިންތިޒާމްކުރާ އަދާލަތު ޕާޓީއިން ހާމަކޮށްފިއެވެ.
އަދާލަތު ޕާޓީއިން ހާމަކޮށްފައިވަނީ"މިއެއެވުން އޮންނާނީ އެޕްރިލް 29 ވާ ހުކުރު ދުވަހު ހަވީރު 4 ޖަހާއިރު ސުނާމީ ބިނާ ސަރަޙައްދު ގައެވެ. އަންހެން ފިރިހެން، ކުދި ބޮޑު އެންމެހައި ދިވެހި ރައްޔަތުން މިއެއްވުމުގައި ބައިވެރިވެ ވަޑައިގަތުމަކީ ޢަދާލަތު ޕާޓީގެ ވަރަށް ބޮޑު އެދުމެކެވެ. މިއެއްވުމަށް ވަޑައިގަންނަވާއިރު ގައުމީ ދިދަ ހިއްޕަވައިގެން ވަޑައިގަތުން އެދެމެވެ." މިފަދައިންނެވެ. އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް ބާއްވާ މިމުޒާހަރާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށާއި އެކަމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް ޚަބަރު ލިބެއެވެ.
“ޙައްލަކީ އިސްލާމީ ޝަރީޢަތް ގާއިމްކުރުން” މި ޝިޢާރުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ އެއްވުމުގައި ބައިވެރިވެލެއްވުމަށް ހުރިހާ ސިޔާސީ ޕާޓީ ތަކާއި އަދި މަދަނީ ޖަމްޢިއްޔާ ތަކަށް ޢަދާލަތު ޕާޓީގެ ފަރާތުން ވަނީ ދަޢުވަތު ދީފައިވާއިރު ރާއްޖޭގައި އޮތް އެންމެ ބޮޑު މަދަނީ އިއްތިހާދުން ވަނީ މިމުޒާހަރާގައި ބައިވެރިވާން ނިންމާފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...