ރާއްޖޭގެ ޚަބަރު އެމް.އެން.ޔޫއިން އިސްލާމީ ދާއިރާއިން ކުރިއަށްގެންދާ ޕީއެޗްޑީ ޕްރޮގުރާމަށް ހޮވޭ އިމާމުންނަށް ވުޒާރާއިން ސްޕޮންސަރޝިޕް ދޭން ނިންމައިފި

އެމް.އެން.ޔޫއިން އިސްލާމީ ދާއިރާއިން ކުރިއަށްގެންދާ ޕީއެޗްޑީ ޕްރޮގުރާމަށް ހޮވޭ އިމާމުންނަށް ވުޒާރާއިން ސްޕޮންސަރޝިޕް ދޭން ނިންމައިފި

އެމް.އެން.ޔޫއިން އިސްލާމީ ދާއިރާއިން ކުރިއަށްގެންދާ ޕީއެޗްޑީ ޕްރޮގުރާމަށް ހޮވޭ އިމާމުންނަށް ވުޒާރާއިން ސްޕޮންސަރޝިޕް ދޭން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން އިޢުލާންކޮށްފައިވާ ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އިސްލާމިކް ސްޓަޑީޒް އަދި ޑޮކްޓަރ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އިސްލާމިކް ޝަރީޢާ ކޯހަށް ހޮވޭ އިމާމުންނަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެއްކޮށް ސްޕޮންސަރޝިޕް ދިނުމަށް ނިންމައިފިއެވެ.

މިކަން އިޢުލާން ކުރައްވާ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ޕީއެޗްޑީ ޕްރޮގުރާމަށް ވީހާވެސް ގިނަ އިމާމުން ކުރިމަތި ލައްވާ ފުރުސަތު ލިބޭތޯ މަސައްކަތް ކުރެއްވުމަށް އެދިލައްވާކަމަށާއި މި ކޯހަށް ހޮވޭ އިމާމުންނަށް ކޯސް ޚަރަދުގެ އިތުރުން ޕޮކެޓް މަނީވެސް ދެވިގެންދާނެކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، އިމާމުންނަށް ޕީއެޗްޑީ ފެންވަރަށް ކިޔަވައިދެއްވުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމަށާއި އިސްލާމީ ދާއިރާއިން ޕީއެޗްޑީގެ ފުރުސަތު ހުޅުވާލިކަމަށްޓަކައި ޤައުމީ ޔުނިވާސިޓީއަށް ޝުކުރު އަދާކުރައްވާކަމަށެވެ.

އިމާމުންނަށް އިތުރު ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް މި ދައުރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިހާތަނަށް 100އަށްވުރެ ގިނަ އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ވަނީ ހޯދައިދީފައެވެ.

ޓެގް

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.